ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުލުސްދޫގައި އައު އިންޖީނުގެ އެޅުމުގެ އެއްބަސްވުމުގައި ސްޓެލްކޯއާއިއެކު ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ތުލުސްދޫގައި އަލަށް ޤާއިމްކުރަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އާދީއްތަ ދުވަހުގެ މެންދުރު ސްޓެލްކޯ ހެޑްއޮފީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމް އަދި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއެ ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ. އަދި މަސައްކަތާއި ހަވާލުވި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ ރާފިއުއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ސަން ވިލް ޕްރައިވެޓް ލިމިޓެޑާ 175 ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާގޮތަށް 11،954،501 (އެގާރަ މިލިއަން ނުވަ ސަތޭކަ ފަންސާސް ފަސް ހަތަރު ހާސް ފައްސަތޭކަ އެކެއް) ރުފިޔާއަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ ތުލުސްދޫއަކީ ސްޓެލްކޯއަށް ވަރަށް މުހިއްމު ރަށެއް ކަމަށާއި އެއީ ސްޓެލްކޯ ކުންފުންޏަކަށް ވުމަށް ފަހުގަ މާލޭ ރީޖަންގެ ޚިދުމަތް ފިޔަވާ ސްޓެލްކޯގެ ޚިދުމަތަށް ނެގުނު ފުރަތަމަ ރަށަކީ ތުލުސްދޫއަށް ވާތީ ކަމަށެވެ. ތުލުސްދޫގަ މިހާރުވެސް ހިނގަމުން ދާ ޕަވަރހައުސްއަކީ ވަރަށް ފެންވަރު ރަނގަޅު ޕަވަރހައުސްއެއް ކަމަށް އެމްޑީ ވިދާޅުވިއެވެ.

އެހެންނަމަވެސް މީހުން ދިރިއުޅޭ ސަރަޙައްދުގަ ހުރި ޕަވަރހައުސްއަކަށް ވާތީ، މީހުންނަށް އެންމެ ފަސޭހަކޮށް، އަރބަން ސެންޓަރސްތަކާ ދުރުގަ ޕަވަރހައުސްތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ސްޓެލްކޯއިން ތުލުސްދޫ ޕަވަރހައުސް އަލަށް ހިއްކިފަވާ ސަރަޙައްދަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް އެމްޑީ ވިދާޅުވިއެވެ.

މީގެއިތުރަށް ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމް ވިދާޅުވީ ތުލުސްދޫގެ އައު އިންޖީނުގޭގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ސޮއިކުރެވިގެންދިއުމަކީ އެ ދާއިރާއަށް އަދި ތުލުސްދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެއީ ތުލުސްދޫ މިހާރުވެސް ފާހަގަކުރެވިފަ ވަނީ ރަށަށް ބޭނުންވާ ފެންވަރަށް ކަރަންޓު ލިބުމުގަ ކޮންމެސްވަރެއްގެ ދަތިތަކެއް ހުރި ރަށެއްގެ ގޮތުގައި ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މި އިންޖީނުގެއާ އެއްކު އެ ހުރިހާކަމެއް ޙައްލުވެގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

”މި ދަންނަވަނީ އާންމު ދިރިއުޅުމުގަ ރަށުން ކަރަންޓު ދާ ވާހަކައެއް ނޫން އެއްވެސް ޙާލަތެއްގަ. ހަމަ ވަރަށް ރަނގަޅު ޙާލަތެއްގަ ކަރަންޓު އޮތީ. އެހެން ނަމަވެސް މި ޢީދު އެއްޗެހި އައިސްގެން ލައިޓްތައް ޖައްސާ، އެއްކަލަ ޕީކަށް އަރައިގެންދާ ވަގުތު ކޮންމެސް ވަރަކަށް ހިކްއަޕް އުޅޭ ވާހަކަ. އެކަންކަން އިރާދަކުރެއްވިއްޔާ މި އިންޖީނުގެއާއެކު ރަނގަޅުވެގެން ދާނެ“

ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ ތުލުސްދޫގައި އާ ޕަވަރހައުސްއެއް އެޅުމުގެ އިންތިޒާރުގަ ތިއްބަވާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

”އެޔާއެއްކޮށް ތުލުސްދޫގަ މި އާ އިންޖީނުގެ އެޅިގެންދިޔައިމަ، އެފަރާތްތަކަށްވެސް އެ ޔަޤީންކަން ލިބިގެންދާނެ. ކަރަންޓުގެ ޔަޤީންކަން. އެއީ މިހާރުވެސް ވަރަށް ގިނަ އިންވެސްޓަރުން ސުވާލުކުރޭ ތިމަންނަމެންނަށް އެކަށީގެންވާ ވަރަށް ކަރަންޓު ލިބޭނެހޭ. އަޅުގަނޑުމެން ބުނަން މިހާރުވެސް ލިބޭނޫންތޯއޭ ދެން އަދި ކުރިއަށް އޮތް ތަނުގަ މިއަށްވުރެވެސް ރަނގަޅަށް ލިބޭނޭ“

ކުރިއަށް އޮތް ތަނުގަ ތުލުސްދޫއަކީ ވަރަށް ގިނަ ގެސްޓްހައުސްތައް އެޅިގެންދާނެ ތަނަކަށް ވާތީ މިހާރު ބޭނުންކުރާ ކަރަންޓުގެ އަދަދު ދެގުނަޔަށް އިތުރުކުރަންޖެހޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: