ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ބޭނުމަކީ ރައްޔިތުންނަށް އަބަދުވެސް އޮޅުވާލުން، އަމިއްލަ ޕާޓީއަށް ވެސް ކުރަނީ މަލާމާތް: މުސްތަފާ

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ސަރުކާރުގައި 5 އަހަރު ނުދެވުނު ގޯތި މިއަހަރު ނިމުމުގެ ކުރިއަށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި މުސްތަފާ ވިދާޅުވީ އެމްޑީޕީއަށް 5 އަހަރު ދުވަސްތެރޭގައި ހިއްކާފައި ނުދެވުނު ގޯއްޗެއް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނުދެވޭނެ ކަމަށް ޑިމާންޑްކޮށް މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރުމަކީ އެމްޑީޕީން އެޕާޓީއަށް ކުރާ މަލާމާތަކަށް ކަމަށެވެ. މެމްބަރު ވިދާޅުވީ ފަޅުތެރެއިން ދީފައިވާ ގޯތިތައް ހިއްކަން ޖެހޭ ކަމަށާއި، އަދި ނަރުދަމާ އާއި ކަރަންޓާއި ފެނާއި، މިފަދަ އަސާސީ ހުރިހާ ބޭނުންތަކެއް ގާއިމުކޮށްދޭން ޖެހޭ ކަމަށެވެ.

މެމްބަރު ވިދާޅުވީ ހުރިހާ ކަމެއް ކޮށްގެން ނޫނީ އެ ސަރަހައްދުގައި ބަޔަކަށް ގޮސް ދިރިވެސް ނޫޅެވޭނެ ކަމަށެވެ. އެހެންކަމުން މިހާރު އެދަނީ ގުޅީ ފަޅާއި ގިރާވަރު ފަޅުވެސް ހިއްކަމުން ކަމަށާއި، އަދި ހުޅުމާލޭގެ ފޭސް 3 ގެ ސަރަހައްދުވެސް ވަރަށް ބޮޑަށް ހިއްކައިފައިވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރަށް 5 އަހަރު ތެރޭގައި ނުހިއްކުނު ފަޅުތައް ރައީސް ޑރ މުހައްމަދު މުއިއްޒު ހިއްކަވާ މި އަހަރު ނިމޭ ހިސާބުގައި އެތަނުން ބިންކަނޑާއި ރަޖިސްޓްރީގެ ކަންކަން ޖަމަޖެއްސުމަށްަހު ދެއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ.

އޮޅުވާލުމަށްޓަކައި ރައްޔިތުން ގުނބޯ ހެއްދުމަށްޓަކައި ދައްކާ ވާހަކަތަކެއް ގޮތުގައި އަޅުގަނޑަށް ސިފަވަނީ. ދެން އޮތީ ފްލެޓުގެ މައްސަލަ. ފްލެޓުގެ މައްސަލައިގައި އަޅުގަނޑުމެންނެއް ނޫން އޭސީސީއަށް ނުވަތަ އަޅުގަނޑުމެންގެ ސަރުކާރަކުން ނޫން އެންޓި ކޮރަޕްޝަނަށް ދިޔައީ. ނޫނީ މި ސަރުކާރު އައި އިރަކުވެސް ނޫން އެސީސީއަށް ގޮސްފައި އޮތިއްޔެއް

ފްލެޓުގެ މައްސަލައަކީ އެމްޑީޕީގެ ސަރުކާރުގައި ގޯތި ދިން ގޮތާއި ފްލެޓު ދިން ގޮތާއި މެދު ރައްޔިތުން ހިންހަމަ ނުޖެހިގެން ނިކުމެ މުޒާހަރާކޮށް، އޭސީސީއަށް ރައްޔިތުން އަމިއްލަޔަށް ގޮސް ޖެއްސި މައްސަލައެއް ކަަމަށް މެމްބަރު މުސްތަފާ ވިދާޅުވިއެވެ. އަދި އޭސީސީން އެ މައްސަލަ ބަލައި ނިންމީ 64 ޕަސެންޓު މީހުންނަށް ނުބައިކޮށް ގޯތި ދީފައިވާ ކަމަށްކަން ވެސް މެމްބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: