ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު ޒަކާތުގެ ގޮތުގައި 7.6 މިލިއަން ރުފިޔާ

މާލޭ ސިޓީގައި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުން ކުރިޔަށް ދަނީ/ ފޮޓޯ: ޒަކާތް ހައުސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަލައިގެންފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ، ޒަކާތު ހައުސް ހިއްސާ ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި މިދިޔަ ހަފްތާގެ ނިޔަލަށް 7.62 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ އެ މުއްދަތުގައި އޮންލައިންކޮށާއި، ޒަކާތު ހައުސްގެ ކައުންޓަރުތަކުން ބަލައިގަތް އަދަދެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ މިދިޔަ ފަސް އަހަރާއި އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެއް ކަމަށެވެ.

މިދިޔަ ފަސް އަހަރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާ

2024: 4.67 މިލިއަން ރުފިޔާ

2023: 4.68 މިލިއަން ރުފިޔާ

2022: 3.77 މިލިއަން ރުފިޔާ

2021: 3.14 މިލިއަން ރުފިޔާ

މާޗު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަތުން ހުކުރު، ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރު 02:00 އާއި ހަމައަށް ކުރިޔަށް ދާނެއެވެ.

ފިތުރު ޒަކާތް ދެއްކޭނެ ގޮތް: 

ދިރާގު އެޕް އަދި ދިރާގު ޕޭ

އުރީދޫ އެމްފައިސާ

އެމްއައިބީ – ފައިސާ މޯބައިލް އެޕްލިކޭޝަން ނުވަތަ ވެބްސައިޓް

ބީއެމްއެލް އެޕްލިކޭޝން ނުވަތަ ވެބްސައިޓް

ފަހިޕޭ އެޕްލިކޭޝަން

ބަނޑޭރި ޕޯޓަލް

ފިޠުރުޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު ޢާންމު ގޮތެއްގައި އަހަރުތެރޭ ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަ ތަކެތި:

އާދައިގެ ހަނޑޫ

ތައިލެންޑް ހަނޑޫ

ބާސްމަތީ ހަނޑޫ

ރަތް ހަނޑޫ

ގޮދަން ފުށް

އާޓާ ފުށް

އަތޮޅުތެރޭގައި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުން އެ ރަށެއްގެ ކައުންސިލް އިދާރާއަކުން ހަމަޖައްސާ ގޮތެއްގެ މަތިން ބަލައިގަނެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައިވާ ފަރާތްތަކަށް ބެހުމަށް ވަނީ ހުއްދަ ދޫކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: