ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މަސައްކަތް ކުރަނީ ރެއާއި ދުވާލު ރައްޔިތުންގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން: ސައީދު

މިނިސްޓަރު ސައީދު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މަސައްކަތް ކުރަނީ ރެއާއި ދުވާލު ރައްޔިތުންގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެންކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހއ. އުތީމުގައި އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ވަރަށް ކުޑަ ވަގުތުކޮޅެއްގައި އެމަނިކުފާނު އަވަހާރަޕުޅުލައްވަނީ.

ސައީދު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވީއިރު ވަރަށް ގިނަ މަސައްކަތްތަކެއް ހުރީ މުޅިން އޮޅުން ބޮޅުން އަރާފައިކަމަށްވެސް ސައީދު ވިދާޅުވިއެވެ. މުޅި ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައިކަމަށާއި ދެންމެ ދެންމެ ދަރާވިކި ދާނެ ހާލަތެއްގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެން މަސައްކަތްތައް ކުރައްވާ، ރަށްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ރައީސް ކުރައްވަނީ، ދަރަނީގެ މައްސަލަތައްވެސް ހައްލު ކުރައްވަމުންކަމަށް ސައީދު ވިދާޅުވިއެވެ.

އެހާ އަވަހަށް ބައެއް ރަށްތަކުގައި އޭޓީއެމް ބެހެއްޓިދާނެކަމަށް ބައެއް ފަރާތްތަކުން ގަބޫލުނުކުރާކަމަށާއި، ނަމަވެސް މިހާރު ކުޑަ ރަށެއް ބޮޑު ރަށެއް ބާކީ ނުވާނެ ގޮތަށް އޭޓީއެމްގެ ހިދުމަތް ފެށި އެ ހިދުމަތް ދެމުން އަންނަކަމަށް ސައީދު ވިދާޅުވިއެވެ.

މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ރާއްޖޭގައި 250 އަށްވުރެ ގިނަ އޭޓީއެމް ގާއިމުކުރުމަކީ ބީއެމްއެލްގެ އަމާޒެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: