ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީދު ދިއްލުމުގެ ހަރަކާތް މި އަހަރުވެސް ވަރަށް ފުރިހަމައަށް ކުރިއަށް ގެންދެވޭނެ: އާދަމް ޝަރީފް

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތް ކުރަމުން ދަނީ މިދިޔަ އަހަރެކޭ އެއް ގޮތަށް، ވަރަށް ފުރިހަމައަށް އީދަށް ބޮކި ދިއްލުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށްކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަމަންޓް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ އީދު ދިއްލުމުގެ ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނަވައިގެން ފެއްޓެވި ހަރަކާތެއް ކަމަށެވެ. އަދި ކުލަ ބޮކިތަކާއި ގިޑިގެތައް، ތަކުބީރުގެ އަޑުއިވޭހެން ކުރިޔަށް ގެންދިޔަ އެ ހަރަކާތް އެތައް ރައްޔިތުންނެއް ބަލައިގަތްކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރ ވިދާޅުވީ މާލޭގައި އީދަށް ބޮކިތައް ދިއްލުމުން، ރާއްޖޭގެ ރަށްޔިތުން ވެސް އެގޮތް ބޭނުންވާތީ ރައީސް މުއިއްޒު އެކަން ފުރިހަމަކޮށްދެއްވަން އެދިވަޑައިގަތް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެ ކަން އަތޮޅުތަކަށް ފުޅާކުރެވި މާލޭގެ އިތުރުން އަތޮޅުތަކުގެ މައި ރަށްރަށާއި، ސިޓީތައް ދިއްލުމުގެ ހަރަކާތް ކުރިއަށް ގެންދެވިފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވީ.

މިނިސްޓަރ ވިދާޅުވީ މި އަހަރުވެސް އީދަށް ދިއްލުމުގެ ހަރަކާތް، ރަށްތައް އިތުރުކޮށް ޖުމްލަ 65 ރަށެއްގައި އީދު ދިއްލުން ކުރިއަށް ދާނެކަމަށެވެ.

މީގެއިތުރުން މިިނިސްޓަރ ވަނީ އަތޮޅުތެރޭގެ ތަފާތު ރަށްތަކުން މިހާރުވެސް އީދު ލައިޓު ހޯދުމަށް އެދެމުންދާކަން ފާހަގަކުރައްވާފަ އެވެ. އަދި ދިއްލުމުގެ ހަރަކާތުގެ އިތުރުން 200 އަށް ވުރެ ގިނަ ޕްރޮޖެކްޓު މިނިސްޓްރީން މި އަހަރުތެރޭ ކުރިއަށް ގެންދަން ނިންމާފައިވާކަމަށް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ޕްރޮޖެކްޓްތަކުގައި ހިމެނޭ ބައެއް ތަންތަނުގެ ބިންގާ އެޅި، ސިވިލްވޯކް މަސައްކަތް ފެށުމަށް ކައުންސިލްތަކާ ގުޅިގެން މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ. އަދި ރަމަޟާން މަހުގެ ފަހު ދިހައިގެ ބަންދުތެރޭގައި ވެސް އޮފީސް ހުޅުވި، އެ ޕްރޮޖެކްތަކާ ގުޅޭ މަސައްކަތްތައް މިނިސްޓްރީގެ މުވައްޒަފުން ހުއްޓުމެއް ނެތި ކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: