ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ފުލުހުންގެ ޚިދުމަތުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ލޭހަދިޔާ ކުރުމުގެ ޕްރޮގްރާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ މުއައްސާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮގްރާމް ކުރިއަށްދާނީ މި ހިނގަމުންދާ މާރިޗު މަހުގެ 24 އިން 27 އަށެވެ.

މި ޕްރޮގްރާމަކީ މާރިޗު މަހުގެ 29 ވަނަ ދުވަހު ފާހަގަކުރާ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ދިމާކޮށް ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެއްކަންވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ. އެގޮތުން ފުލުހުންގެ ޚިދުމަތުގެ ވޯކްފޯސް ހެލްތު އެންޑް ވެލްބީންގ އިން ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، މިއީ ތެލަސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ގާއިމުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ މި ޕްރޮގްރާމް ކުރިއަށް ދަނީ ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައެވެ.

މީގެ ކުރިންވެސް ފުލުހުން މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: