ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާޗު 13ގެ ނިޔަލަށް ޕީއެސްއައިޕީގެ ގޮތުގައި 576.5 މިލިއަން ހަރަދުކުރި: ފިނޭންސް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާޗު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމަށްޓަކައި ބަޖެޓުން 576.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރަށް ކަނޑައެޅިފައިވާ ބަޖެޓުގެ ތެރެއިން މާޗު 13 ވަނަ ދުވަހުގެ ނިޔަލަށް 6.55 ބިލިއަން ރުފިޔާ ބޭނުންކޮށްފައިވެއެވެ. ނިމިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވާ އަދަދު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ނިމިދިޔަ އަހަރު 7.48 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރު 7.89 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ހަރަދުތައް ކުޑަކުރެވިފައި

ނިމިދިޔަ އަހަރާ އަޅާބަލާއިރު މި މުއްދަތުގެ ތެރޭގައި ކޮށްފައިވާ ޖުމުލަ ހަރަދުތައް 16.99 އިންސައްތަ ދަށްވެފައިވެއެވެ. ރިކަރެންޓް ހަރަދުގެ ގޮތުގައި މި އަހަރު 6.12 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ނިމިދިޔަ އަހަރުގެ މި މުއްދަތުގައި 6.25 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ކެޕިޓަލް ހަރަދުތައްވެސް ވަނީ ފާހަގަކުރެވޭ މިންވަރަކަށް ދަށްވެފައެވެ.

ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ

ޖުމުލަ އާމްދަނީގެ ތެރެއިން 6.35 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. މިއީ ނިމިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ޓެކްސް ނޫން އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ނިމިދިޔަ އަހަރުގެ މި މުއްދަތުގައި 1.22 ބިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރު 1.50 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ޕީއެސްއައިޕީ ހަރަދުތަކުގެ ތަފްސީލް

ޕީއެސްއައިޕީގެ ގޮތުގައި އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ޓްރާންސްޕޯޓު ދާއިރާއަށެވެ. މި ދާއިރާއަށް 371.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތްތަކަށް 102.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި ހައުސިންގް މަޝްރޫޢުތަކަށް 45.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: