ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ ފިތުރު އީދުވެސް ކުލަގަދަކޮށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުގެ ފިތުރު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމައިފިއެވެ.

އިސްލާމީ އީދުތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އަހައްމިއްޔަތުކަން އޮންނަ ކަމަށްވުމުން، އެމަނިކުފާނުގެ ވައުދާއި އެއްގޮތުގެ މަތިން އީދު ބަންދުގައި އުފާފާޅުކޮށް، ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ފިތުރު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ދައުލަތުގެ ބައެއް ކުންފުނިތަކާއި މުއައްސަސާތައް އިސްނަގައިގެން ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވެއެވެ.

އީދު ދުވަހު ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ތަފާތު އެކި ހަރަކާތްތައް ހިންގުމަށް ހަވާލުވާ ފަރާތްތަކުން މައުލޫމާތު ދެމުން ބުނެފައިވަނީ، އީދު ފާހަގަކުރުމުގެ ހަރަކާތްތައް އެއް ފަހަރާ މާލޭގެ މައި 3 ސަރަހައްދުތަކުގައި ކުރިޔަށް ދާނެކަމަށެވެ. އެގޮތުން، ޑިފެންސް މިނިސްޓްރީއާއި، ސްޕޯޓްސް މިނިސްޓްރީ އަދި އެމްއެންޑީއެފް އާއި ފުލުހުންގެ އިތުރުން ދައުލަތުގެ ބައެއް ކުންފުނިތަކާއި ގުޅިގެން އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 ޖަހަންދެން މި ހަރަކާތް ބާއްވާނެކަމަށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ދިވެހި ސަގާފަތާއި ގުޅުވައިފައި ސަގާފަތް ދައްކާލުމުގެ އިތުރުން ޒަމާނީ ކެރެކްޓަރުގެ ކޮސްޓިއުމްތަކާއި ސަގާފީ ކެރެކްޓަރުތައް އެކީގައި ދައްކާލުން ހިމެނެއެވެ. އަދި ކުޑަކުދީންނަށް ހާއްސަކޮށްގެން އެމްއެންޑީއެފް އާއި ފުލުހުންގެ ވެހިކަލްތަކުގައި ދުއްވާ، ފޮޓޯ ނެގުމުގެ ހަރަކާތްތައްވެސް ކުރިޔަށް ދާނެއެވެ.

މީގެއިތުރުން، އެމްއެންޑީއެފްގެ ފަރާތުން ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން، ހަތިޔާރުގެ ހާއްސަ ޑިސްޕްލޭއަކާއި ބްރާސް ބޭންޑުގެ ޕަފޯމަންސްގެ އިތުރުން އެމްއެންޑީއެފްގެ ޑްރިލް ސްކުއަޑްއިން ސައިލެންޓް ޑްރިލްއެއް ދައްކާލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ސްޕޯޓްސް މިނިސްޓްރީން ކުރިޔަށް ގެންދާ ހަރަކާތްތަކަށް ބަލާލާއިރު، ގޭމިން ސްޓޯލްތަކާއި ފިއުޝަން ޝޯއެއް ބާއްވާއިރު، ވޯޓާ ސްޕޯޓްސްގެ ގިނަ ހަރަކާތްތަކެއް ޖުމްހޫރީ މައިދާނުގައި އޮންނާނެ އެވެ.

ފިތުރު އީދު ކުލަގަދަކޮށް ފާހަގުކުރުމުގައި ބައިވެރިވެ، އެއްބާރުލުން ދޭ ކުންފުނިތަކުގެ ތެރޭގައި އެމްއޭސީއެލް، ވެމްކޯ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، އެޗްޑީސީ، އެމްޓީސީސީ، ސްޓެލްކޯގެ އިތުރުން އެމްޕީއެލް ހިމެނެއެވެ.

ކުރިޔަށް އޮތް ފިތުރު އީދު ކުލަގަދަކޮށް ފާހަދަކުރުމުގެ ތެރެއިން ”އީދު އަލީ“ ގެ ޝިއާރުގެ ދަށުން ދަނީ މާލެ ސަރަހައްދުގެ އިތުރުން އެހެނިހެން ރަށްތަކުގައި އީދު ބޮކިތަށް ހަރުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މި އިސްނެންގެވުމަކީ ފުރަތަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ މޭޔާރުކަމުގެ މަގާމު އަދާކުރެއްވިދުވަސްވަރުގަ ވުޖޫދަށް ގެނެވުނު ކަމެކެވެ. އެގޮތުން، މި ހަރަކާތައް ގިނަ ރައްޔިތުންގެ ތަރުހީބުދަނީ ލިބެމުންކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: