ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ބޭރުން ގެނެވުނު 1800 ކިލޯވޯޓް އިންޖީނު އައްޑޫއަށް ފޮނުވާލައިފި

އައްޑޫ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ކުރެވޭ މަސައްކަތް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ރާއްޖެއިން ބޭރުން ގެނެވުނު 1،800 ކިލޯވޯޓް އިންޖީނު އައްޑޫސިޓީއަށް ފޮނުވާލައިފިއެވެ.

ފެނަކަ ކުންފުނިން ބުނީ، އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުން ގެނެވުނު 1،800ކ.ވ އިންޖީނު މިހާރު މާލެ އިން އައްޑޫއަށް ގެންދިއުމަށް އުޅަނދަކަށް ލޯޑު ކުރެވި ފުރުވާލެވިފައިވާ ކަމަށެވެ.

މީގެ އިތުރުން، 26 މާރޗް 2025 ވަނަ ދުވަހު 21:30 ހާއިރު އެ އުޅަނދު އައްޑޫއަށް ބަނދަރު ކުރުމަށް ތާވަލު ކުރެވިފައިވާކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ. 

ރޯދަ މަސް ފެށުމުގެ ކުރިޔަށް މުޅި ރާއްޖޭގެ ކަރަންޓުގެ މައްސަލަ ހައްލު ކުރެވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް އައްޑޫއަށް ކަރަންޓު ދޭން ބޭނުން ކުރާ ބައެއް ޖެންސެޓުތައް ހަލާކުވެފައި ހުރުމުގެ ސަބަބުން ލޯޑު ބޮޑުވާ ގަޑިތަކުގައި، އެކި ހިސާބުތަކުން ކަރަންޓު ކަނޑާލަން ޖެހެ އެވެ.

މި މައްސަލަ ހައްލު ކުރުމަށް 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް ގެންގޮސް ބޭނުން ކުރަން ފެށި ނަމަވެސް، އޭގެ ފަހުން ވެސް ކަރަންޓު ކެނޑުމަށް އެއްވެސް ބަދަލެއް ނާދެއެވެ. އެހެންވެ އިތުރު އެހެންވެ ދެވަނަ ޖެނެރޭޓަރު ގެންގޮސް އިންސްޓޯލް ކުރީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: