ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލައިޑްގެ އިފްތާރު ޕެކް ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ!

އެލައިޑް އިފްތާރު ޕެކް ބެހުން: ފޮޓޯ/ އެލައިޑް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކުގައިވެސް އެލައިޑް އިންޝުއަރެންސްއިން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި އިފްތާރް ޕެކްސް ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެލައިޑް އިންޝުއަރެންސްއަށް 40 އަހަރު ފުރުން ފާހަގަކުރަމުންދާއިރު އެ ކުންފުނިން ދަނީ މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން އިޖްތިމާއީގޮތުން ލުއިތަކެއް ގެނެސްދިނުމުގެ ގޮތުން އިފްތާރު ޕެކް ބެހުމުގެ މަސައްކަތްތައް ކުރަމުންނެވެ. މިހާތަނަށް އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ހުޅުމާލޭގެ ބައެއް މިސްކިތްތަކާއި މާލޭގެ ކިންގް ސަލްމާން މިސްކިތް އަދި ދަރުމަވަންތަ ރަސްގެފާނު މިސްކިތުގެ އިތުރުން ޖަލާލުއްދީން މިސްކިތާއި ވިޔަފާރިވެރިންގެ މިސްކިތްވެސް ހިމެނެއެވެ.

އެ ކުންފުނިން ބުނާގޮތުން ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކުގައިވެސް އެހެނިހެން މިސްކިތްތަކުގައި މި މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށެވެ. އެގޮތުން ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭގެ އުސްމާން ބިން އައްފާން މިސްކިތުގައި ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާއިރު ވިލިމާލޭގައިވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން ހާމަކޮށްފައިވެއެވެ.

އެ ކުންފުނިން މައުލޫމާތު ދީފައިވާގޮތުން 40ވަނަ އަހަރީ ދުވަހާއި ގުޅިގެން މި އަހަރުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިޖްތިމާއީ ގޮތުން ލުއިތައް ގެނެސްދިނުމުގެ ގޮތުން އެކި މަސައްކަތްތައް ކުރެވިގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: