ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުލުސްދޫގެ ސްޓެލްކޯ ކޮމްޕްލެކްސް އިމާރާތްކުރުމަށް އެއްބަސްވުން ގާއިމުކޮށްފި

އެއްބަސްވުމުގައި ސޮއިކުރުން: ފޮޓޯ/ ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ތުލުސްދޫގެ ސްޓެލްކޯ ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ކ. ތުލުސްދޫގައި އަލަށް ޤާއިމްކުރަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސްޓެލްކޯ ހެޑްއޮފީހުގައެވެ. މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމް އަދި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއެ ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީކަމަށްވާއިރު މަސައްކަތާއި ހަވާލުވި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ ރާފިއުއެވެ. އެއްބަސްވުން ގާއިމުކޮށްފައިވަނީ 175 ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާގޮތަށް 11،954،501 ރުފިޔާއަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ތުލުސްދޫއަކީ ސްޓެލްކޯއަށް ވަރަށް މުހިއްމު ރަށެއްކަމަށެވެ. ފަހުމީ ވިދާޅުވީ، އެގޮތަށް ދެންނެވި ސަބަބަކީ ސްޓެލްކޯ ކުންފުންޏަކަށް ވުމަށް ފަހުގައި މާލޭ ރީޖަންގެ ޚިދުމަތް ފިޔަވާ އެ ކުންފުނިން ހިދުމަތް ދޭން ފެށި ރަށަކީ ތުލުސްދޫއަށްވުންކަމަށެވެ. ފަހުމީ ވިދާޅުވީ، މިވަގުތު އެ ރަށުގައި ހުރި ޕަވަރހައުސްއަކީ ވަރަށް ފެންވަރު ރަނގަޅު ތަނެއްކަމަށެވެ. ނަމަވެސް މީހުން ދިރިއުޅޭ ސަރަޙައްދުގަ ހުރި ޕަވަރހައުސްއަކަށްވުމުން މީހުންނަށް އެންމެ ފަސޭހަކޮށް، އަރބަން ސެންޓަރސްތަކާ ދުރުގަ ޕަވަރހައުސްތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ރަށުގެ ޕަވަރ ހައުސް އަލަށް ހިއްކާފައިވާ ސަރަހައްދަށް ބަދަލުކުރަން  ނިންމީކަމަށެވެ. އެހެންކަމުން ރައީސްއަށް އެކަމަށް ވަރަށް ބޮޑު ޝުކުރެއް ދަންނަވާކަމަށެވެ.

މި ރަސްމިއްޔާތުގައި ތުލުސްދޫ ދާއިރާގެ މެމްބަރު ނަސީމްވެސް ވާހަކަދެއްކެވިއެވެ. މެމްބަރު ވިދާޅުވީ، ތުލުސްދޫގެ އާ އިންޖީނުގޭގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ސޮއިކުރެވިގެންދިއުމަކީ ދާއިރާއަށް އަދި ތުލުސްދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އެގޮތުން ތުލުސްދޫއަކީ ކަރަންޓު ލިބުމުގަ ކޮންމެސްވަރެއްގެ ދަތިތަކެއް ހުރި ރަށެއްގެ ގޮތުގައި ފާހަގަކުރެވިފައިވާކަމަށާއި އެހެންކަމުން އިންޖީނުގެއާއިއެކު އެ މައްސަލައަށް ހައްލެއް އަންނާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: