ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓް ލިސްޓަށް 2،000 އަށްވުރެ ގިނަ ޝަކުވާ

ގޯއްޗާއި ފްލެޓުތަކުގެ މައްސަލައިގައި ކުރި އިހުތިޖާޖުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓަށް 2،000 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އައު ފްލެޓް ލިސްޓް ސަރުކާރުން ހާމަކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. ޝަކުވާ ހުށައެޅުމަށް ފުރުސަތު ހުޅުވާލީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީން މިއަދު ވަނީ އެ މުއްދަތު ކުރިއަށް އޮތް އޭޕްރީލް 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވާތީއެވެ.

ހައުސިންގ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް 675 މީހަކު ޝަކުވާ ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިސްޓާ ގުޅޭ 452 ޝަކުވާ އަދި ދެ ކޮޓަރީގެ ފްލެޓް ލިސްޓާ ގުޅޭ 223 ޝަކުވާ ހިމެނެއެވެ.

ބޯހިޔާވަހިކަމަށް ހާއްސަ ސަމާލުކަމެއް ދީ، ދައުރު ނިމުމުގެ ކުރިން އެންމެ ގިނަ ހައުސިން މަޝްރޫއުތައް ހިންގައި މައްސަލަ ހައްލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ހިނގަމުން މިދާ 2025 ވެގެން ދާނީ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެންމެ ގިނަ ހައުސިންއާއި ގުޅުން ހުރި ޕްރޮޖެކްޓުތައް ހިނގާނެ އަހަރަށެވެ.

ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފްލެޓުތަކުގައި ބޮޑެތި އޮޅުވާލުންތަކެއްވާކަމަށް ތުހުމަތު ކުރެވޭތީ، އެންޓި ކޮރަޕްޝަން ކޮމިޝަނުނުން އައީ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ފްލެޓު ލިބުނުކަމުގެ ލިސްޓުގައި ނަން ހިމެނޭ ގިނަ މީހުން ޝަރުތު ހަމަނުވާއިރު ދޮގު ލިޔެކިއުންތައް ނުވަތަ ސައްހަ ނޫން ލިޔެކިއުންތައް އުފައްދައިގެން ހުށަހެޅިކަމުގެ ތުހުމަތު ކުރެވެއެވެ.

މި މައްސަލައިގައި ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ފްލެޓު ހަވާލު ކުރައްވާނީ އެންމެ އިންސާފުވެރި ގޮތަށް ބަލައިކަމަށެވެ. އަދި ކުރީ ސަރުކާރުން ގެޒެޓު ކުރި ލިސްޓާއި ގުޅޭގޮތުން ވިދާޅުވެފައި ވަނީ އިންސާފުވެރިކޮށް އޮންނަ އުސޫލުގެ ތެރެއިން ފްލެޓު ލިބުނު އެއްވެސް ފަރާތެއްގެ ނަން ލިސްޓު އުނި ނުވާނެކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި ދޫކުރި 4،000 ފްލެޓު ދީފައިވަނީ ޝަރުތު ހަމަވާ މީހުންނަށް ނޫންކަމަށް ބުނެ، އެކަމުގައި މައްސަލަތަކެއް އެބަހުރިކަމަށް ފާހަގަކޮށް މި ސަރުކާރުން ވަނީ ފްލެޓު ލިސްޓް އަލުން ރިއިވެލުއޭޓުކޮށްފައެވެ. ކުރިން ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައި ވީ ނަމަވެސް ޝަރުތު ހަމަވީ އޭގެ ތެރެއިން 1،820 މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: