ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯޓިޒަމް ކުދިންނަށް ޖޯކު ޖަހައި ފުރައްސާރަކުރި މައްސަލަ ބްރޯޑްކޮމްއިން ބަލަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ގޮތުން ފާޑުކިޔަމުން ގޮސް އޯޓިސްޓިކް ކުދިންނާއި ގުޅުވައި، އެ ކުދިންނަަށް ފުރައްސާރަވާ ގޮތަށް ޓީވީ ޕްރޮގްރާމެއްގައި ޖޯކު ޖެހި މައްސަލަ ބްރޯޑަކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި އެވެ.

ސިޔާސީ މަސްރަހާއި ގުޅުވައި ގެންނަ އެ ޓީވީ ޕްރޮގްރާމްގެ މައްސަލަ ފެންމަތިވީ ރޭގެ ވަގުތެއްގަ އެވެ.

ހުސެއިން ރަމީޒު ޕްރެޒެންޓުކޮށް ގެންނަ އެ ޕްރޮގްރާމުގައި ރޭ ބައިވެރިވީ ކުރީގެ ކާނަލް އަހުމަދު ފަޒާޒް އަލީ (ޕާޕާ) އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން ފެންނަނީ އޯޓިޒަމް ކުއްޖެއްގެ ސިފަކަމަށް ބުނެ އެންމެ ފުރަތަމަ ޖޯކު ޖަހައި ވާހަކަ ދެއްކީ ފަޔާޒެވެ. އަދި މޮސްޓާ ވެސް އެއަަަށް ވާހަކައެއް އިތުރުކޮށްލުމަށް ފަހު އެކަމުގަައި ބައިވެރިވެ ހިތްވަރު ދެއެވެ. ފަޔާޒާއި މޮސްޓާ ހީ ސަކަރާތް ޖެހިއިރު ރަމީޒް ވެސް އެކަމުގައި ބައިވެރިވެއެވެ.

މައްސަލައިގައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށް ސިޔާސީ ގޮތުން އެ ދަރަޖައަށް ނުވެއްޓެން ގޮވާލާފަ އެވެ. އަދި އެ ކޮންޓެންޓުގެ މައްސަލަ ބެލުމަށް ގޮވާލި އެވެ.

މިކަމާއި ގުޅޭގޮތުން ބްރޯޑްކޮމްއިން މިރޭ އާންމު ކުރި ބަޔާނުގައި ބުނީ ގާނޫނުގައި ބުނާ ”ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސާ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސާ ރައްކާތެރިކަން“ އަދި ކޯޑް އޮފް ޕްރެކްޓިސްއާ ގައިޑްލައިންތަކާ ތައާރަޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކުރަމުގެ މައުލޫމާތު އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަަމަށެވެ.

ކޮމިޝަނުން ބުނީ މިފަދަ ކޮންޓެންޓްތަކުގެ މައްސަލަ ބަލައި، އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ ކަންކަން ކުރުމުގެ ފުރިހަމަ އިހްތިސާސް ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ. އަދި ކޮމިޝަނުގެ ސަމާލުކަމަށް އަންނަ އަދި ހުށެހެޅޭ މިފަދަ ކޮންޓެންޓް ބަލައި ގާނޫނުން ޖާގަ ދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ބްރޯޑްކޮމްއިން ބުންޏެވެ.

ބަޔާނުގައި ބުނެފައި ވަނީ ގާނޫނުއަސާސީ އާއި ރާއްޖޭގެ އަމަލުކުރަމުންދާ އެންމެހާ ގާނޫނުތަކަށް އިހްތިރާމްކޮށް އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތް ނުގެެއްލޭ ގޮތަށް ކޮންޓެންޓް އުފެއްދުމަށްވެސް ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: