ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެކޮޅު ނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނާއި އިގްތިސާދަށްވެސް ލިބެނީ ގެއްލުން: މޫކޭ

މޫސާ އަލީ މަނިކު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ވިސްނުންތެރިކަމެއް ނެތް ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނާއި އިގްތިސާދު އަދި ސިއްހަތަށްވެސް ގެއްލުންތައް ލިބޭކަމަށް އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލީ މަނިކު ވިދާޅުވެއްޖެއެވެ.

ދުންފަތުގެ ވަބާއިން ދިވެހި ޒުވާނުން ދުރުހެލިކުރުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ގުޅޭގޮތުން ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސާ ވިދާޅުވީ، ސަރުކާރުން ސިނގިރޭޓުގެ އަގު ބޮޑުކުރީ އެކަމުން ބޮޑެތި މަންފާތަކެއް ހޯދުމުގެ ނިޔަތުގައިކަމަށެވެ. އޭނާ ވިދާޅުވީ، ކުރިން ޑިއުޓީގެ ގޮތުގައި ލިބެމުންދިޔަ 100 މިލިއަން ދެގުނަ ކުރުމުގެ ނިޔަތުގައި ކަނޑައެޅީ ދޯހަޅި ސިޔާސަތެއްކަމަށެވެ. އެގޮތުން އެއްވެސް ވަރަކަށް ރީސާޗާއި ހޯމްވޯކް ނުހައްދަވައި ފިޔަވަޅުތަކެއް އެޅުމުގެ ސަބަބުން ގެއްލުންތަކެއް ލިބި މިހާރު 100 މިލިއަންގެ ބަދަލުގައި ލިބެމުންދަނީ 20 ވަރަކަށް މިލިއަންކަމަށެވެ.

އޭނާ ވިދާޅުވީ، ގަންނާނެ މީހުން ނުވާކަމަށާއި މީގެ ކުރިން ގަންނައިރު މުދަލަކީ ކޮންތަނަކު ތައްޔާރުކޮށްފައިވާ މުދަލެއްކަން އެނގޭކަމަށެވެ. ނަމަވެސް މިހާރު ގޮތް ނޭނގޭ އެކި އެކި ކެމިކަލް އަޅާފައިވާ ދުންފަތުގެ ބޭނުންކުރަން ރައްޔިތުންނަށް މަޖުބޫރުވެފައިވާކަމަށާއި އިހުޒަމާނުގައި އޮތް ގޮތަށް ބިޑިއާއި ހިސާބަށް ތިރިކޮށްފައިވާކަމަށެވެ.

މޫސާ ވިދާޅުވީ، ދުންފަތާއި ދުރުހެލިކުރުމުގެ ގޮތުން ސަރުކާރަކުން ކަނޑައަޅާ ސިޔާސަތަކާއިމެދު ރަނގަޅު ނަޒަރަކުން ދެކެން ޖެހޭކަމާއިމެދު އެއްބަސްވެވަޑައިގަންނަވާކަމަށެވެ. ނަމަވެސް އެހެން ގައުމުތަކުގައި ކަންކަން ކޮށްފައިވާ ގޮތަށް ބަލާއިރު ރައްޔިތުން އެކަމާއި މެދު އަމިއްލައަށް ފޫހިވެގެންދިއުމަށް ޖާގަ ދޭކަން ފެނިގެންދާކަމަށާއި ކުރާ ވިޔާނުދާ ކަންކަން މަތިން ރައްޔިތުން އަމިއްލައަށް ފޫހިވުމަށް ޖާގަ ލިބިގެންދާކަމަށެވެ. އަދި ސަރުކާރަކުން ކުރާނެ މަސައްކަތްތަކަކީ ރައްޔިތުންގެ ތެރޭގައި އެކަމާއިމެދު ހޭލުންތެރިކަން އިތުރުކުރުންކަމަށް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ވުޖޫދުގައި އޮތް ގާނޫނުގައިވެސް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޓެކްސްގެ ތެރެއިން ވަކި އިންސައްތައެއް ބޭނުންކުރުމަށްޓަކައި ކަނޑައަޅާފައިވާއިރު އެކަން ނުކުރާކަމަށެވެ. މޫސާ ވިދާޅުވީ، މަޖިލީހަށް ހުށައެޅި ލިޔެކިއުންތަކަށް ބަލާއިރު އެންމެ ބޮޑު އާމްދަނީއެއް އިތުރުވެގެންދަނީ ދުންފަތުގެ ބާވަތްތަކުންކަން އެނގެން އޮތްކަމަށެވެ. އެހެންކަމުން ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވަނީ ރައްޔިތުން އެކަމުން ދުރުހެލި ކުރުމުގެ ނިޔަތުގައި ނޫންކަން ކަނޑައެޅިގެން ސާފުވާކަމަށެވެ.

މޫސާ ވިދާޅުވީ، ރައްޔިތުން ދުންފަތާއި ދުރަށް ދިއުން އެމްޑީޕީއަށްވެސް ރަނގަޅުކަމަށެވެ. އެގޮތުން އެއްކޮށް ރާއްޖެއަށް އެތެރެކުރުން ހުއްޓާލުމުން އެހިސާބުން ނިމިގެންދާނެކަމަށާއި ވޭޕަށްވެސް ކަންކުރީ އެ އުސޫލުންކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ވޭޕު މަނާވާއިރު ދުންފަތުގެ ބޭނުންކުރެވޭކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ ދެކޮޅު ނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނާއި އިގްތިސާދަށްވެސް ގެއްލުންތައް ލިބިގެންދާކަމަށާއި ސިއްހަތަށްވެސް ގެއްލުންތައް ލިބޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: