ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންގްލަދޭޝްއިން ރާއްޖޭގެ ތަރައްގީއަށް ދީފައިވާ އެހީތެރިކަމަށް ޝުކުރުވެރިވަން: މިނިސްޓަރ ހަލީލް

ފޮރިން މިނިސްޓަރ އަބްދުﷲ ހަލީލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ތަރައްގީއަށް ބަންގްލަދޭޝްގެ ފަރާތުން ލިބިފައިވާ އެހީތެރިކަމަށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށް ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުގެ ފޮރިން އެފެއަރޒް އެޑްވައިޒަރު އެމްޑީ ތައުހީދު ހުސައިންއަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައި މިނިސްޓަރ ޑރ ހަލީލް ވިދާޅުވީ، 54 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖެއާއި ބަންގްލަދޭޝްއިންވަނީ ވަރުގަދަ ގާތް ގުޅުންތަކެއް ދެގައުމުގެ ދެމެދު ދަމަހައްޓާފައިކަމަށެވެ. އަދި އެ ގުޅުން ބިނާވެފައިވަނީ އިހުތިރާމްގެ އިތުރުން ދެގައުމުންވެސް ބަލައިގަންނަ އަސާސްތަކެއްގެ މައްޗަށްކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީއަށް ބަންގްލަދޭޝްއިން ދީފައިވާ އެހީތެރިކަމަށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ޔަގީންވެވަޑައިގަންނަވާކަމަށެވެ. އަދި އެކަމުގެ ސަބަބުން މިހާރު ކުރަމުންދާ މަސައްކަތްތައްވެސް އިތުރަށް ވަރުގަދަވެގެންދާނެއިރު އައު ދޮރުތައް ހުޅިވިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: