ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

6 އަތޮޅެއްގެ ކައުންސިލް އިދާރާތަކުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކައުންސިލްތަކުގައި އެދިއްޖެ

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރޭގައި ހިމެނޭ 6 އަތޮޅެއްގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާތަކުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށްރަށުގެ ކައުންސިލްތަކަށް ދެންނެވިފައިވާނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ހާމަކުރައްވައިފިއެވެ.

މިނިސްޓަރ މިކަން ހާމަކުރެއްވީ ރޭ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރގެ މި ޕޯސްޓްގައި، މި މަސައްކަތުގައި އުތީމު ކައުންސިލް ވަރަށް ކުރީގައި އޮތްކަން ހާމާކުރައްވާފައިވެސްވެއެވެ.

މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އެދިފައިވަނީ ހއ. އަތޮޅާއި، ހދ. އަތޮޅާއި، ށ. އަތޮޅާއި، ނ. އަތޮޅާއި، ރ. އަތޮޅައި އަދި ދ. އަތޮޅު ކައުންސިލްގައެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ބިނާކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރެއިން މިހާތަނަށް އައިއިރު ވަނީ 13 ރަށެއްގެ ކައުންސިލް އިދާރާގެ ބިންގާ އެޅިފައެވެ. ބިންގާ ނޭޅި ހުރި ރަށްތަކުގެ ބިންގާ ވެސް ކައިރި ތާރީޚެއްގައި އެޅިގެންދާނެކަމަށް ސަރުކާރުން ލަފާ ކުރެއެވެ.

މެލޭސިއާގެ ހެކްސްޓަރ ގްލޯބަލްއާ ޙަވާލުކުރެވިގެން ކުރިއަށް ގެންދާ 55 ކައުންސިލް އިދާރާގެ، ޕްރޮޖެކްޓަކީ ދެ އަހަރާއި ބައިން ނިންމާ ގޮތަށް ޙަވާލުކުރެވިފައިވާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން އެޅޭ ޢިމާރާތްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް، އަދި ވަޞީލަތްތައް ޤާއިމްކުރެވިގެންދާނެ އޮފީސްތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: