ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް ފައިދާއެއްހުރި އެއްވެސް މަޝްރޫއެއް ސަރުކާރަށް ހިންގިފައިނުވޭ: މޫކޭ

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު، މޫސާ އަލި މަނިކު (މޫކޭ) / ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ފައިދާއެއްހުރި އެއްވެސް މަޝްރޫއެއް މިހާތަނަށް ސަރުކާރަށް ހިންގިފައިނުވާކަމަށް އާރްޑީސީގެ ކުރީގެ އެމްޑީ އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސާ ވިދާޅުވީ، އެންމެ ފުރަތަމަ ކަމަކަށް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދެވުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒުއަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އެގޮތުން ރަސްމާލެ މަޝްރޫއާއި، ބަންކަރިންގ މަޝްރޫއުގެ އިތުރުން، ދެންވެސް ރައީސްގެ ވައުދުފުޅުތަކާ ގުޅޭ މަޝްރޫއުތައް ފުރިހަމައަށް ނިންމަވައިދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

މޫސާ ވިދާޅުވީ، ރައްޔިތުންނަށް ފައިދާއެއްހުރި އެއްވެސް މަޝްރޫއެއް މިހާތަނަށް ސަރުކާރަށް ހިންގިފައިނުވާކަމަށެވެ.

ފުރަތަމަ ކަމަކަށް ވީ ވައުދުތައް ފުއްދަވައިދެއްވާށޭ، އެންމެ ކަމެއް ނަމަވެސް ކުރެވޭތޯ ބައްލަވާށޭ

މޫސާ ވިދާޅުވީ، ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފޮތެއްގެ ސިފައިގައި ނެރުއްވާފައިވާ ކަމަށާއި، ނަމަވެސް އަމަލުތަކުން އެކަންކަން ފުއްދަވައިދެއްވަން ޖެހޭނެ ކަމަށެވެ. އޭގެ ބައެއް މިސާލުތަކަށްވެސް އޭނާ ވަނީ އަލިއަޅުވާލައްވާފައެވެ.

ދޮޅުއަހަރުވާއިރު، މި އަންނަނީ މި އަންނަ މަސް ކިޔާލަ ކިޔާލަ ސަރުކާރުން މި އޮންނަނީ، މިއީ ހައްތަހާވެސް ދޮގު

އޭނާ ވަނީ ރައްޔިތުންނަށް އޮޅުވާލުން މިހާރު ހުއްޓާލަން ޖެހޭކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން، މިހާރު ހިނގަމުންދާ މި ސަރުކާރުގައި ސަރުކާރެއްގެ އަދި ދައުލަތެއްގެ ސިފަވެސް ގެއްލެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމަށްވެސް މިހާރަށްވުރެ ފުރިހަމައަށް އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށާއި، ކުށެއް ކޮށްފައިވާނަމަ އެ މައްސަލަތަކެއް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.

ހަމައެއާއެކު، އިޤްތިސާދީ ޙާލަތުވެސް މިހާރަށްވުރެ ރަނގަޅު ކުރެވެންވާނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: