ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީދު ދިއްލުން ހަރަކާތަށް މިނިސްޓަރ އާދަމް ޝަރީފްގެ ދައުވަތު!

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮންނަ އީދު ދިއްލުމުގެ ރަސްމިއްޔާތަށް ހުރިހާ އެންމެނަށްވެސް ދައުވަތު އަރުއްވާކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރަމަޟާން މަސް ނިމި އީދު ދުވަހާއި ގާތްވަމުުންދާއިރު ސަރުކާރުންދަނީ އެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ތައްޔާރުވަމުންނެވެ. މިގޮތުން މާލެ ސަރަހައްދުގައިވެސް ރަމިއްޔާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު މިނިސްޓަރ އާދަމް ޝަރީފްވަނީ މާޗު 29 ވަނަ ދުވަހުގެ ރޭގަނޑު 21:30 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި އޮންނަ މި ރަސްމިއްޔާތަށް އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުއްވާފައެވެ. އެކްސްގައި ހިއްސާކޮށްފައިވާ މި ދައުވަތުގައި ސްމާޓް ކެޝުއަލް ހެދުމެއްގައި ވަޑައިގަތުމަށް އެދިފައިވެއެވެ.

މި އަހަރުގެ އީދަށް ދިއްލާލުމުގެ މަސައްކަތްތަކަށް މާލެ ސީޓީ ކައުންސިލުންވެސްވަނީ އެއްބާރުލުން ދީފައެވެ. މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު މުހައްމަދުު އަރީޝް އާންމުކުރެއްވިގޮތުން އެ ކައުންސިލުންދަނީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށްޓަކައި މާލޭގެ އެކި ސަރަހައްދުތަކުގައި ގިޑިގެ ޖެހުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: