ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމަތައް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކުމަކީ ކަންބޮޑުވުމެއް: މިނިސްޓްރީ

އިޖުތިމާއި އަދި އާއިލީ ތަރައްޤީ އާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އައިޝަތު ޝިހާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޓީވީ މީޑިއާއަކުން ގެނައި ”ކާލަބައިސާ“ ނަމަކަށް ކިޔާ ޕްރޮގުރާމެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ނިސްބަތްކޮށް، އެ މީހުންގެ ކަރާމާތައް އުނިކަން ލިބޭ ޒާތުގެ ބަހުރުވަޔަކުން ވާހަކަދެއްކުމަކީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

މިނިސްޓްރީން މިއަދު އާންމު ކުރި ބަޔާނުގައި ބުނީ މި ހިނގައި ދިޔަ ހާދިސާގެ ސަބަބުން މުޖުތަމުގެ ތެރޭގައި ހާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އޯގާވެރިވެ، އަޅާލުމުގެ އާދަ މުޖުތަމައުގައި އަށަގަނެވުމަށްޓަކައި ކުރެވޭ މަސައްކަތައް ހީނަރުކަން ލިބިގެން ދާކަމަށެވެ.

މިނިސްޓްރީން ބުނީ މިފަދަ ކަންތައްތައް ތަކުރާރުވުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އަދި ކުޑަކުދިންގެ ރައްކާތެރިކަމާއި ކަރާމާތައް އުނިކަން ލިބޭ އުސޫލުން ވާހަކަ ދެއްކުން ”ނޯމަލައިޒް“ ވުމަށް މަގުފަހިވެގެން ގޮސްދާނެކަމަށެވެ.

މި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއި އެކު، ގާނޫނާއި ގަވައިދުގެ މަތީން ރާއްޖެޓީވީ އާއި މެދު ފިޔަވަޅު އެޅުމަށް އެދި ބްރޯޑްކާސްޓިންގ ކޮމިޝަނަަށް ހުށަހަޅާފައިވާކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ދިވެހި މުޖުތަމައުގައި ދިރިއުޅެމުންދާ ހާއްސަ ރައްކާތެރިކަމާއި، އާޅާލުމާއި އަދި ކުލުނު ހައްގުވާ ހުރިހާ ފަރާތްތަކުގެ އިންސާނީ ކަރާމާތާއި ހައްގުތައް ކަށަވަރު ކުރެވޭނެ މާހައުލެއް ދިވެހި މުޖުތަމައުގައި ހުރިހާ ކަމެއް ރޭވިގެން ދިއުމަށް އެދޭކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޒަމާނުއްސުރެ މީޑިއާގެ ފަރާތުން މިފަދަ ފަރާތްތަކަށް ލިބެމުންދާ އޯގައިތެރިކަމާއި ލޯތްބަށް އުނިކަން ލިބިގެންދާނެ އެންމެހާ ކަންތައްތައް އެއްވެސް ފަރާތަކުން ނުކުރުމަށްވެސް އިލްތިމާސް ކުރި އެވެ.

ނުކުޅެދުންތެރިކަން ތަހައްމަލުކުރަމުންދާ ފަރާތްތަކުގެ ހައްގުތައް ކަށަވަރު ކުރުމުގައި އެ މިނިސްޓްރީގެ އެންމެން ގުޅިގެން ކުރާ މި މަސައްކަތުގައި ތާއަބަދު ދެމިހުންނާނެ ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް، ވަކިން ހާއްސަކޮށް ނުކުޅެދުންތެރިން ހުންނަ ފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލާއަށް އަރުވާކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: