ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިލަދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ށ. މިލަދޫގެ ޒުވާނުންނާއި ކައުންސިލުން އެދުނު ގޮތަށް އެ ރަށުގެ ބޮޑު ފުޓްބޯޅަ ދަނޑު ނިންމައިފިއެވެ.

މިލަދޫ ފުޓްބޯޅަ ދަނޑަކީ 2017 ވަނަ އަހަރު މަސައްކަތް ފެށި ދަނޑެކެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެ މަސައްކަތް ނުނިންމި އޮންނަތާ ހަތް އަހަރު ފަހުން، ދަނޑުގެ މަސައްކަތް ފުރިހަމަކޮށްފައިވަނީ މި ސަރުކާރުންނެވެ. މިއީ ރަށް ރަށުގައި ކުރިއަށް ނުގޮސް ހުއްޓިފައިހުރި މަޝްރޫޢުތައް ފުރިހަމަކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ދަނޑުގެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާފައިވަނީ އެ ރަށުގެ ކައުންސިލުންނާއި ޒުވާނުން އެދިފައިވާ ގޮތަށެވެ.

މިގޮތުން ދަނޑުގެ ސަބް-ބޭސް ރަނގަޅުކޮށް ދަނޑުގައި ޓާފް އަޅާފައިވެއެވެ. މީގެ އިތުރުން ވަށާ ފާރާއި، ފެންސްވެސް ވަނީ މަރާމާތުކޮށްފައެވެ. މިގޮތުން ކުރިން ތިން ފޫޓަށް ރާނާފައިވާ ވަށާ ފާރު މިހާރު ވަނީ ހަ ފޫޓަށް އުސްކޮށްފައެވެ. އަދި 9 ފޫޓަށް ހުރި ފެންސް މިހާރު ވަނީ 15 ފޫޓަށް އުސްކޮށްފައެވެ.

މިލަދޫ ދަނޑުގެ މަސައްކަތް ޒަމާނީ ފެންވަރަށް ތަރައްގީކުރެވިފައިވާއިރު، އެ ދަނޑުގެ ލައިޓް ހަރުކުރުމުގެ މަސައްކަތްވެސް މި ދައުރުގައި ކުރުމަކީ ސަރުކާރުގެ އަމާޒެވެ.

ށ. އަތޮޅުގެ މިލަދޫގެ އިތުރުން ސަރުކާރުން ވަނީ ށ. ފުނަދޫގައިވެސް ފުޓްބޯޅަ ދަނޑެއް އަޅާފައެވެ. މި މަސައްކަތް ނިންމައި އެ ރަށުގެ ޒުވާނުން އަންނަނީ މި ވަސީލަތް މިހާރު ބޭނުންކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: