ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ނެދެލަންޑްސް އަށް ކަނޑައަޅާފައިވާ ނޮން-ރެސިޑެންޓް ސަފީރު އަލްފާޟިލާ ޤީލާ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ނެދެލަންޑްސް އަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު އަލްފާޟިލާ ޤީލާ ޢަލީ ސަފީރުކަމުގެ ފަތްކޮޅު އެރުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ އިން ނެދެލަންޑްސް އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު އަލްފާޟިލާ ޤީލާ ޢަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ނެދެލެންޑްސްގެ ރަސްގެފާނު ހިޒް މެޖަސްޓީ ކިންގް ވިލްއެމް-އެލެގްޒެންޑަރ އަށް އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދަ ހޭގުގައި ހުންނަ ’ނޫރުދެއިންދް‘ ޕެލަސްގައެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ޕްރައިވެޓް އޯޑިއަންސްގައި ސަފީރު ޤީލާ އަލީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ނެދަލެންޑްސްގެ ރަސްގެފާނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އާއި ނެދެލެންޑްސް އާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އެކަމަނާ އެރުވިއެވެ.

ދިވެހިރާއްޖެއާއި ނެދެލަންޑްސް އާ ދެމެދު އޮތް ގުޅުމަށް 45 އަހަރު ވެފައިވާއިރު، ފަތުރުވެރިކަމަށާއި ތަރައްޤީގެ މަޝްރޫޢުތަކުގައި ނެދެލަންޑްސް އަކީ މުހިންމު ބައިވެރިއެއްކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޤީލާ އަރިހުގައި އެކަމަނާގެ ފިރިކަލުން އަލްފާޟިލް އަބްދުﷲ މުޝްރިފް އަދި ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ، އަލްފާޟިލް މުހައްމަދު ޝައްފާއު އިބްރާހީމް ބައިވެރިވެވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: