ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓޫޑެންޓް ލޯނުތައް ޝަރީޢާއާ އެއްގޮތަށް ބަދަލުކުރުމަށް ރައީސް އަންގަވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދުމަށް ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތައް އިސްލާމީ ޝަރީޢާއާ އެއްގޮތަށް ބަދަލުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.

ރައީސް މުޢިއްޒު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ދޫކުރާ ލޯނުތައް ޝަރީޢާއާ އެއްގޮތް ކުރުމަށްޓަކައި މުހިންމު ބަދަލުތަކެއް ގެންނަން ނިންމަވާފައިވާ ކަމަށެވެ.

މިގޮތުން އެންމެ މުހިންމު އެއް ބަދަލެއްގެ ގޮތުގައި، މިހާރު ލޯނުތަކުން ނަގަމުންދާ 1 ޕަސެންޓްގެ އެޑްމިނިސްޓްރޭޓިވް ފީ އެއްކޮށް އުވާލުމަށް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، ލޯނުގެ ގޮތުގައި ދޫކުރާ އަދަދުގެ އިތުރުން އެއްވެސް އިތުރު ފީއެއް ނުވަތަ ޗާޖެއް ނުނެގުމަށްވެސް ވަނީ ނިންމަވާފައެވެ.

މި ބަދަލުތަކުގެ ތެރޭގައި، ކުރިން ލޯނު ނަގާފައިވާ ދަރިވަރުންނަށްވެސް ލުޔެއް ލިބިގެންދާނެއެވެ. އެގޮތުން، އެ ދަރިވަރުން ދައްކަން ހުރި ފައިސާގެ ތެރެއިން އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް، ލޯނުގެ ޖުމްލަ އަދަދު އަލުން ހިސާބުކުރެވިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.

މި ބަދަލުތަކަކީ ސަރުކާރުން ދޫކުރާ ލޯނުތައް އިސްލާމީ ޝަރީޢާއާ އެއްގޮތް ކުރުމަށް އަޅުއްވާ މުހިންމު ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: