ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީދު ބަންދުގައި ދަމަނަވެށިން އާންމު ހިދުމަތްތައް ނުލިބޭނެ

ދަމަނަވެށި
ޝެއާރކޮށްލާ ކަހަލަދޯ؟

ފިތުރު ޢީދާއި ގުޅިގެން ކަނޑައެޅިފައިވާ ބަންދު ދުވަސްތަކުގައި ދަމަނަވެށީގެ އާންމު ޚިދުމަތްތައް ނުލިބޭނެކަމަށް ބުނެފިއެވެ.

އީދު ބަންދުގައި އެ މަރުކަޒުގައި އާންމު ޚިދުމަތްތައް ނުލިބުނު ނަމަވެސް ކޮންމެހެން ޖަހަންޖެހޭ ޓްރެވަލް ވެކްސިން ޖެހުމުގެ ޚިދުމަތް ވަކި އުސޫލެއްގެ ދަށުން ކުރިއަށް ގެންދާނެކަމަށް ދަމަނަވެށިން މައުލޫމާތުދެއެވެ.

މި ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުން މުއްދަތު ހަމަނުވާ ޕާސްޕޯޓާއި، އައިޑީ ކާޑުގެ އިތުރުން، ބަންދު ދުވަސްތަކުގައި ފުރުމަށް ނަގާފައިވާ ޓިކެޓް ނުވަތަ ރަސްމީ ތައްގަނޑު ޖަހާފައިވާ ދަތުރުފަތުރުގެ ލިޔެކިޔުންތައް ހުށަހަޅަން ޖެހެއެވެ.

މި ޚިދުމަތް ލިބިގަތުމަށް ބޭނުންވާ ފަރާތްތަކުން ދަމަނަވެށީގެ ނަންބަރު 7267290 އަށް ވައިބަރ މެދުވެރިކޮށް މެސެޖް ކުރެވޭނެކަމަށް ދަމަނަވެށިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: