ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންކަރިންގެ ހިދުމަތް ހަރުދަނާކުރުމަށް އުލިގަމުގައި އިމިގްރޭޝަން އިމާރާތެއް އަޅަނީ

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންކަރިންގެ ހިދުމަތް ލިބިގަތުމަށް ރާއްޖެއަށް އަންނަ އުޅަނދުފަހަރާއި ދަތުރުވެރިން އަދި ފަޅުވެރިންނަށް އިމިގްރޭޝަންގެ ހިދުމަތްތައް ދިނުމަށްޓަކައި އައު އިމާރާތެއް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

އިމިގްރޭޝަންއިން އާންމުކޮށްފައިވާގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ މަތިން އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ހިދުމަތްތަކާއި ގުޅިގެން ބޭރު ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ އުޅަނދުފަހަރާއި ފަޅުވެރިން އަދި ދަތުރުވެރިންނަށް ކްލިއަރެންސް ދިނުމުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ހއ އުލިގަމުގައި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އައު އިމާރާތެއް އެޅުމަށްޓަކައި އެމްޓީސީސީ އާއިއެކު ރަސްމީގޮތުން އެއްބަސްވުމެއް ގާއިމުކުރެވިފައިވާކަމަށެވެ.

އެ މުއައްސަސާއިން ބުނެފައިވާގޮތުން މިވަގުތު އުލިގަމުގައި ދެ އޮފިސަރުން ތިބޭއިރު ދެމުން އަންނަ ހަމައެކަނި ހިދުމަތަކީ ސީޕޯޓުގެ ހިދުމަތްކަމަށެވެ. ނަމަވެސް އައު އިމާރާތެއް ބިނާކުރުމާއިއެކު ޕާސްޕޯޓު އަދި ވިސާ ފަދަ އެހެނިހެން ހިދުމަތްތައްވެސް ލުއިފަސޭހަކަމާއިއެކު ފޯރުކޮށްދެވޭނެކަމަށެވެ. އެހެންކަމުން ހިހަވަންދިއްޕޮޅުގައި އެ މުއައްސަސާގެ ހިދުމަތްތައް އިތުރެަށް ފުޅާކުރެވި ތަރައްގީވެގެންދާނެކަމަށް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: