ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިންހެލުން އައި ތައިލެންޑަށް އުރީދޫ ކަސްޓަމަރުންނަށް މިއަދު ހިލޭ ގުޅޭނެ

ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ތައިލެންޑާއި އަވަށްޓެރި މިޔަންމާއަށް މިއަދު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް މިއަދު ތައިލެންޑަށް ހިލޭ ގުޅޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫއިން ސޯޝަލް މީޑިއާގައި ބުނެފައިވަނީ އުރީދޫ މެދުވެރިކޮށް ތައިލެންޑަށް ގުޅުމަށް މިރޭ މެންދަމު 12 ޖެހުމާ ހަމައަށް އެއްވެސް އަގެއް ނުނަގާނެ ކަމަށެވެ. އަދި މިވަގުތުގައި އާއިލާއި ރައްޓެހިންގެ ހާލު ބެލުމަށް ފަސޭހަވެގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އީދު ބަންދާ ދިމާކޮށް ބެންކޮކަށް ދާ ދިވެހިންގެ އަދަދު މިދުވަސްކޮޅު ވަނީ އިތުރުވެފަ އެވެ. އޭގެ އިތުރުން، ވިޔަފާރީގެ ބޭނުންތަކުގައި ވެސް ދިވެހިން އާންމު ގޮތެއްގައި ތައިލެންޑަށް ޒިޔާރަތްކުރެއެވެ. ތައިލެންޑަކީ ގިނަ އަދަދެއްގެ ދިވެހިން ގޮސް އުޅޭ އަދި ދިރިއުޅެމުންދާ ގައުމެކެވެ. ހާއްސަކޮށް ގެއްލުންތަކެއް ލިބުނު ބެންކޮކްގައި ގިނަ އަދަދަކަށް ދިވެހިން އުޅެއެވެ. ނަމަވެސް ކަމާއި ގުޅުން ހުރި އިދާރާތަކުން ވަނީ މި ބިންހެލުމާއި ގުޅިގެން ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

މިބިންހެލުމުގެ އަސަރު ބެންކޮކަށް ކޮށްފައިވާއިރު، އެހިސާބުގެ ބައެއް އިމަރާތްތައް ވަނީ ވެއްޓިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: