ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ މިސްކިތެއްގައި އީދު ނަމާދަށް އިމާމުން ނައުމުން ފިޔަވަޅު އަޅައިފި

ހުޅުމާލޭ އަޒީޒާ މިސްކިތުގައި ބިދޭސީއަކު އިމާމުވެ ޢީދު ނަމާދުކުރަނީ -- ފޮޓޯ/ އަހުމަދު އަންދު، ފޭސްބުކް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ މިސްކިތެއްގައި އީދު ނަމާދަށް، ގަޑިއަށް އިމާމުން އައިސްފައި ނުވާތީ ފިޔަވަޅު އެޅުމަށް ނިންމައިފި އެވެ.

މިއަދު ހުޅުމާޅޭގެ އަޒީޒާ މިސްކިތުގައި އީދު ނަމާދު ފެށީ، ނަމާދު ވަގުތު ޖެހި އޭގެ ހަތް މިނެޓު ފަހުންނެވެ.

އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް ވިދާޅުވީ ނަމާދު ކުރުމަށް ކަނޑައަޅާފައޮވާ އިމާމާއި އޭނާގެ ބަދަލުގައި ހަމަޖައްސާފައިވާ މީހާ ވެސް މިއަދު މިސްކިތަށް ހާޒިރުވެފައި ނުވާކަމަށެވެ. އަދި އިމާމުގެ މައްސަލަ ބަލައި އޭނާ ފަސް އަހަރު ދުވަހަށް ރާއްޖޭގެ އެއްވެސް ރަށެއްގައި ހުތުބާ ކިއުމުން ސަސްޕެންޑު ކުރުމަށް އަންގާފައިވާކަމަށް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އިމާމުގެ ބަދަލުގައި ހަމަޖައްސާފައި ވަނީ މިސްކިތަށް ކަނޑައަޅާފައި ހުންނަ އިމާމުކަމަށް ވާތީ މިނިސްޓްރީއަށް ނާންގައި ޖަމާއަތަށް ހާޒިރު ނުވުމުން އެ މައްސަލަ ވެސް ބަކިން ބަލައި އުސޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ވެސް ސަސްޕެންޑު ކުރުމަށް ކަމާއިބެހޭ ޔުނިޓަށް އަންގާފައިވާކަމަށެވެ.

އަޒީޒާ މިސްކިތުގައި އީދު ނަމާދު އިމާމު ނައުމުން، އިމާމުކޮށް ނަމާދު ކުރީ މިސްރަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާ ހުތުބާ ކިޔާފައި ވަނީ އަރަބި ބަހުންނެވެ.

އެނގިފައިވާ ގޮތުން ބިދޭސީ މީހާ އިމާމުވެ ނަމާދުކޮށް، ހުތުބާ ކިޔާފައި ވަނީ އެވަގުތު މިސްކިތުގެ ކުރީ ސަފުގައި ތިބި އެއްވެސް ދިވެއްސެއް އެކަމާއި ހަވާލު ނުވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: