ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލް އިސްލާމިކް އިން 10 ރަށެއްގައި ޢީދު ސައި ބާއްވައިފި

ޢީދު ސައި ބާއްވާފައިވާ ރަށްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްއިން 10 ރަށެއްގައި ޢީދު ސައި ބާއްވައިފިއެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި ފިޠުރު ޢީދު ފާހަގަކުރުމަށާއި މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް 10 ރަށެއްގައި އެ ބޭންކުން ވަނީ ޢީދު ސައި ބާއްވާފައެވެ. އެގޮތުން ރަށު ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެން މިއަހަރުގެ ޢީދު ސައި ބާއްވާފައިވާ ރަށްތައްވެސް އެ ބޭންކުން ވަނީ ހިއްސާކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ރ. މީދޫ، މ. މުލި، ގއ. ގެމަނަފުށި، ހއ. ދިއްދޫ، އދ މަހިބަދޫ، ލ. ފޮނަދޫ، ވ. ކެޔޮދޫ، ހުޅުމީދޫ، ނ. ފޮއްދޫ އަދި ދ. ބަނޑިދޫގައެވެ.

މި އަހަރު ޢީދު ސައި ބާއްވާފައި ވަނީ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތަށް 10 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިންކަމަށްވެސް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

ބީއެމްއެލް އިން މިދިޔަ އަހަރުވެސް 6 ރަށެއްގައި ޢީދު ސައި ބާއްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: