ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިރޭ މާލެ ސަރަޙައްދުގައި ބަރުއުޅަނދު ދުއްވުންވެސް މަނާކޮށްފި

ފޮޓޯ:ވީނިއުސް.. މާލޭ މަގުމަތި
ޝެއާރކޮށްލާ ކަހަލަދޯ؟

1446 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހު ގްރޭޓަރ މާލެ ސަރަހައްދުގައި ބަރު އުޅަނދު މަނާ ވަގުތުތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިން ކަނޑައަޅައިފިއެވެ. 

ފިޠުރު ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ގްރޭޓަރ މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްކަމުގައި ސިޓީ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެ ވަގުތުތަކުގެ އިތުރުން، ފިޠުރު ޢީދު ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 23:30 އާއި ދެމެދު ގްރޭޓަރ މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުމަކީ ވެސް މަނާކަމެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން، މި ވަގުތުތަކުގައި، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން އިސްތިސްނާ ވަކި އުޅަނދުތައް ފިޔަވައި އެހެން އުޅަނދު ގްރޭޓަރ މާލެ ސަރަހައްދުގައި ދުއްވުމަކީ ”އެއްގަމު ދަތުރުފަތުރުގެ ޤާނޫނު“ 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމަށްވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީން އިސްތިސްނާ ދީފައިވާ އުޅަނދުތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި، އެމްބިއުލެންސްގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ އުޅަނދު ހިމެނެއެވެ.

މީގެ އިތުރުން، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތާއި، ފުރާމީހުން ބޭނުން ކުރުމަށް ހުއްދަދެވޭ އުޅަނދުތަކުގެ އިތުރުން، ފިޠުރު ޢީދު ދުވަހުގެ މި ގަޑިތަކުގައި ދުއްވުމުގެ ހުއްދަ ދެވިފައިވާ އުޅަނދުތައްވެސް އިސްތިސްނާވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: