ރ މަޑުއްވަރީގައި ހިނގި މާރާމާރީއެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ރ މަޑުއްވަރީގައި ދެމީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ރޭ 11:28 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި މީހާއަށް ރ މަޑުއްވަރީ ހެލްތް ސެންޓަރުގައި ފަރުވާ ދީފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގެ ތުހުމަތުގައި 35 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރޭގެ ވަގުތެއްގައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާރާމާރީ ހިނގާފައިވަނީ ދެބެންގެ ދެމެދުގައެވެ.

