ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރާމާރީއެއްގެ މައްސަލައިގައި ގެންދިޔަ މީހަކު ކޯޓުގެ ޙުރުމަތް ކަނޑައިފި

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރެވުނު 45 އަހަރުގެ ދިވެހި ފިރިހެނަކު، ކޯޓުގެ ޙުރުމަތް ކެނޑުމާ ގުޅިގެން ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މީހާގެ މައްޗަށް ތުހުމަތުކުރެވޭ މާރާމާރީގެ ކުށް ކުރިކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހެޅިފައިވެއެވެ. އަދި މީނާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެއްކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ކޯޓުގެ ބަންދު މަޖިލީހުގައި މި މީހާގެ އަމަލުތައް ހުރިގޮތުން، މަޖިލީހުގެ ޙުރުމަތް ކަނޑައި، ޝަރީއަތުގެ ނިޒާމު ގެއްލުވާލާފައިވާކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައިނުވާކަންވެސް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން، އޭނާގެ ނަފްސާނީ ޙާލަތު ބެލުމަށް ކޯޓުން ވަނީ ފުލުހުންނަށް އަންގާފައެވެ. މި މައްސަލައިގެ ތަޙްޤީޤު މިހާރު ދަނީ ކުރިއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: