ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅިވަރާ ގުޅޭ 77 މަޝްރޫޢު ސަރުކާރު ތިން ކުންފުންޏާ ހަވާލުކޮށްފި

ކޮންޓްރެކްޓަރުންނާއި މިނިސްޓްރީ ދެމެދު ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ތެރެއިން/ފޮޓޯ: މިނިސްޓްރީ އޮފް ސްޕޯޓްސް،ފިޓްނެސް އެންޑް ރެކްރިއޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަނުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގުމަށް ރޭވިފައިވާ 77 ކުޅިވަރު މަޝްރޫޢު ސަރުކާރުގެ ތިން ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)، ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.

މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުތައް ހިންގުމަށް ތިން ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި އައުޓްޑޯ ޖިމް، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް، ފުޓްސަލް ދަނޑުތައް، ފުޓްބޯޅަ ދަނޑުތައް، ބެޑްމިންޓަން ކޯޓް އަދި ވޮލީބޯޅަ ކޯޓްތައް ހިމެނެއެވެ.

މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަޝްރޫޢުތަކަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާ މަޝްރޫޢުތަކެކެވެ. ”މި މަޝްރޫޢުތަކަކީ ދިވެހި ރައްޔިތުންނަށް އުފާވެރިކަން ލިއްބައިދިނުމާއި، ދުޅަހެޔޮ އަދި ހަށިހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ އިތުރުން ރާއްޖެއިން މޮޅެތި ކުޅުންތެރިން އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއް،“ މިނިސްޓްރީން ވިދާޅުވިއެވެ.

އެހެން އަހަރުތަކާ އަޅާބަލާއިރު މިއީ އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ ކުޅިވަރު މަޝްރޫޢުތަކެއް ހިންގުމަށް ރޭވިފައިވާ އަހަރުކަން ފާހަގަކުރެވެއެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީވެ، ކުޅިވަރަށް ޝައުޤުވެރިވާ ފަރާތްތަކަށް ފަސޭހަކަމާއެކު ކުޅިވަރުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: