ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ކުންފުނިތަކުގައި މުވައްޒަފުން ހަތަރު، ފަސް ގުނަ އިތުރުވެއްޖެ: އީސަ

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ ޢަދަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށްވެސް ސާފުކޮށް އެނގިވަޑައިނުގަންނަވާނެ ކަމަށާއި، އެ ޢަދަދު އެއަށްވުރެ މާ ގިނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ޢީސާ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި މަޖިލިސް މެންބަރުންގެ މުސާރައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޢީސާ ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ކަނޑައަޅަންވާނީ ދައުލަތަށް ކެރިކުޅަދާނަވާ މިންވަރަކުން ކަމަށެވެ. އަދި ދައުލަތުގެ ކެރިކުޅަދާނަކަން ނެތް ކަމެއް ކުރުމަށް، ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިސްނުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށާއި، އެފަދަ ކަމަކަށް މަސައްކަތްކުރުމަކީވެސް ރަނގަޅު ކަމެއް ނޫން ކަމަށް ޢީސާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، ޢީސާ ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ކަނޑައަޅަނީ، ކޮންމެ ޤައުމެއްގައި ވިޔަސް، އެ ޤައުމެއްގެ އިޤްތިޞާދީ ފެންވަރު ހުރި މިންގަނޑެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ސިޔާސީ މަޤާމުތައް ގިނަވުމަކީ އެންމެންގެވެސް ކަންބޮޑުވުމެއް ކަމަށް ޢީސާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ކުންފުނިތައް ބޮޑުވެފައިވާ ކަމަށާއި، ޚާއްޞަކޮށް އަސާސީ ޚިދުމަތްތައް ދިނުމަށް އުފައްދާފައިވާ ކުންފުނިތަކަކީ ހަމައެކަނި އާމްދަނީ ހޯދުމަށް އަމާޒުކޮށްގެން އުފައްދާފައިވާ ކުންފުނިތަކެއް ނޫން ކަމަށްވެސް ޢީސާ ވިދާޅުވިއެވެ.

”މިސާލަކަށް ބުނާކަމަށް ވަންޏާ ފެނަކަ ސްޓެލްކޯ ކަހަލަ ކުންފުނި ތަކަކަކީ 100 ޕަސެންޓު ވިޔަފާރީގެ ވިސްނުމުގައި އުފައްދާފައި ހުރި ކުންފުނިތަކެއް ނޫން. އެއީ ރައްޔިތުންނަށް ފޯރުކޮށްދޭން ގާނޫނު އަސާސީން ދައުލަތުގ މައްޗަށް ލާޒިމްކޮށްފައި އޮތް އަސާސީ ހިދުމަތެއް. ދެމެހެއްޓިނިވި ގޮތެއްގައި ދައުލަތަށް ކެރި ކުޅަދާނަވާ މިންވަރު. ދައުލަތަށް ކެރިކުޅަދާނަވާ މިންވަރު ބަލައިގެން ދެ ބައި ހިމެނޭގޮތަށް އެ ދޭ ހިދުމަތާއި އެ ދޭ ހިދުމަތުން ރައްޔިތުންނަށް ދެއްކޭވަރު އަގެއް ނަގައިގެން ދައުލަތުން ހިންގަން ޖެހޭ ހަރަދުން ކުންފުންޏަށް ދޭން ޖެހޭ ސަބްސިޑީ، ދައުލަތަށް ކެރި ކުޅަދާނަވާ މިންވަރަށް ބަލައިގެން ހިންގަން އުފައްދާފަ ހުރި ކުންފުނިތަކެއް“

އީސަ ވިދާޅުވީ ރައްޔިތުން އައު ސަރުކާރެއް ގެނައީ އަދި މި ސަރުކާރުން ވެރިކަމަށް އައި ކަންކަން ރަނގަޅުކުރުމަށް ކަމަށާއި، އެމްޑީޕީގެ ސަރުކާރުގައި ކަންކަން ކުރި ގޮތް ގޯސްވެގެން އަދި ސިޔާސީ މަގާމުގައި ތިބި މީހުން ގިންވެގެން، އަދި އެ ސަރުކާރުގައި ކުންފުނިތައް އުފެއްދި މިންވަރު ގިނަވެގެން ނުވަތަ އެ ހުރިހާ ކަމެއް ރަނގަޅުކުރުމަށް ކަމަށެވެ. އެހެން ނަމަވެސް ވެރިކަމަށް އައުމަށްފަހު މި ސަރުކާރުން ވައުދުވި ހުރިހާ ކަމެއް ބަދަލުވި ކަމަށް އީސަ ވިދާޅުވިއެވެ.

ފެނަކަ އަދި އާރުޑީސީގެ މުވައްޒަފުން 4 ނުވަތަ ފަސްގުނަ ގިނަވެއްޖެ ކަމަށް އީސަ ވިދާޅުވިއެވެ. އީސަ ވިދާޅުވީ އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށާއި މިހާރު ގޮސް ކޮންމެ ކުންފުންޏެއް ބެލިޔަސްވެސް މިކަން ސާފުކޮށް ފެންނަން އޮންނާނެ ކަމަށް އީސަ ވިދާޅުވިއެވެ.  މީގެއިތުރަށް އީސަ ވިދާޅުވީ ކުންފުނިތަކަށް ކުރާނެ އެއްވެސް މަސައްކަތެއް ނެތް މީހުންވެސް ނަގާފައި ހުރި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: