ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރިކަޔާއި ސަގާފަތުގެ ނަމުގައި ހައްދުފަހަނަ އަޅައި ދިއުމެއް ނެތް: އާދަމް ނަސީރު

ޝެއާރކޮށްލާ ކަހަލަދޯ؟

ފިތުރު އީދާ ގުޅުވައިގެން ބޭއްވި ”ހިއްޗަށް ވަޑައިގަތުމުގެ ދަރުބާރު“ ތަމްސީލު ގެނެސްދިނީ އިސްލާމްދީނާ ފުށުނާރާ ގޮތަށް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީގެ އެކްސް އެކައުންޓްގައި ހިއްސާކުރި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވެފައިވަނީ، މި ތަމްސީލު ގެނެސްދިނީ އޭގެ އަސްލު ނުގެއްލޭ ގޮތަށް ކަމަށާއި، ކުރީ ޒަމާނުގައި ކުރި ދީނާ ފުށުއަރާ ބައެއް ކަންތައް ތަމްސީލުން އުނިކޮށްފައިވާ ކަމަށެވެ. ”ހިއްޗަށް ވަޑައިގަތުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ދީނީ ހަމަތަކާ އެއްގޮތަށް،“ މިނިސްޓަރ ވިދާޅުވިއެވެ.

މި ހަރަކާތް އިންތިޒާމުކޮށްފައިވަނީ ވުޒާރާއިން އެކުލަވާލި ޚާއްޞަ ކޮމިޓީއަކުންނެވެ. މި ކޮމިޓީގައި ހިމެނެނީ ހިއްޗަށް ވަޑައިގަތުމުގެ ރަސްމިއްޔާތު ދުށް މީހުންނާއި ތާރީޚު ޢިލްމުވެރިންނެވެ. ޒަމާނަށް ފެތޭގޮތަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށާއި، އޭގެ ތެރޭގައި ކުރީގައި ލޮންސި ވެރިން މަތިން އެއްޗެއް ނުލައި ތިބިނަމަވެސް އެކަން ބަދަލުކޮށްފައިވަނީ ގަސްތުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން، ޒިޔާރަތްތަކަށް ދިއުންފަދަ ބިދުޢީ ކަންކަން ނުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ތަރިކަޔާއި ސަގާފަތުގެ ނަމުގައި ހައްދުފަހަނަ އަޅައި ދިއުމެއް ނޯންނާނެ ކަމަށާއި، ތާރީޚުން ފެންނަން ހުރި ބައެއް ކަންކަން ބަދަލުކުރީ ގަސްތުގައި ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: