ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިވަޕޫލް އެފް.ސީއާއެކު ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑާއިގަތުމަށް ރައީސް އިނގިރޭސިވިލާތައް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ލިވަޕޫލް އެފްސީއާ ގުޅިގެން ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިނގިރޭސިވިލާތުގެ ލިވަޕޫލް ސިޓީއަށް ފުރާވަޑައިގެންފިއެވެ.

މިއީ މިދިޔަ މާރިޗު 13 ގައި ލިވަޕޫލް އެފްސީގެ ”އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު“ގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހުމާ ގުޅިގެން ފަށާ ތިން އަހަރާއި ހަ މަސްދުވަހުގެ ބައިނަލްއަޤްވާމީ ކެމްޕޭނެކެވެ. މި ކެމްޕޭނުގެ ދަށުން މާރިޗު 27 ގައި އިނގިރޭސިވިލާތުގައި އައުޓްޑޯ ކެމްޕޭނެއް ވަނީ ފަށާފައެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދަތުރުފުޅުގައި ރައީސް، އިނގިރޭސިވިލާތުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާނެއެވެ. އަދި އަކްސާ ޓްރެއިނިންގް ސެންޓަރަށް ޒިޔާރަތްކުރައްވައި، މަތީ ފެންވަރުގެ ފުޓުބޯޅަ ތަމްރީނާއި ކޯޗިންގް ޕްރޮގްރާމްތައް ހިންގާ ގޮތް ބައްލަވާލައްވާނެއެވެ.

މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން ރެޑް ވޭއާއި އެލް.އެފް.ސީ އެކަޑަމީގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ލިވަޕޫލް އެފްސީއާ ދެމެދު އޮތް ޕާޓްނަރޝިޕް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރައްވާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއުގެ އިތުރުން އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް މާލެ އެނބުރި ވަޑައިގަންނަވާނީ އޭޕްރިލް 5 ވާ ހޮނިހިރު ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: