ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލުތަކުގެ ކިޔެވުން ފެށެންވާއިރަށް ދަރިވަރުންނަށް ފޮތްތައް ލިބޭނެ: އެޑިއުކޭޝަން މިނިސްޓްރީ

އިސްކަންދަރު ސުކޫލުގެ ދަރިވަރުންތަކެއް. ފޮޓޯ: ޓްވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލުތަކުގެ އައު ދިރާސީ އަހަރު ފެށެންވާއިރަށް، ދަރިވަރުންނަށް ފޮތްތައް ހަވާލުކުރުމުގެ މަސައްކަތް ނިންމާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

މި މަހުގެ 7 ވަނަ ދުވަހު އައު ދިރާސީ އަހަރު ފެށުމަށް ތައްޔާރުވަމުންދާއިރު، ފޮތް ލިސްޓު ހަމަނުވާ ކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރެވެމުންނެވެ. މިކަމާ ގުޅިގެން މިނިސްޓްރީން ބުނެފައިވަނީ މާލެ ސަރަހައްދުގެ ސްކޫލުތަކަށް ފޮތް ބަހަން ފަށާފައިވާ ކަމަށާއި، މި މަސައްކަތް ދެ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، މިހާރުވެސް އަތޮޅުތެރޭގެ ސްކޫލުތަކަށް ލޯންޗުތަކުގައި ފޮތްތައް ފޮނުވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ”މޫސުން ތަންދީފިނަމަ، ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ފޮތްތައް ލިބޭނެ“ ކަމަށް މިނިސްޓްރީން ޔަގީންކަން ދީފައިވެއެވެ.

ދަރިވަރުން ބޮޑު ޗުއްޓީއަށް ގޮސްފައިވަނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އެޕްރީލް 7 ގައި ފެށޭ މި ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ފާހަގަކޮށްލެވޭ ކަމަކީ، މިއަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށް ކަމާއި، ދެން އޮންނަ ދިރާސީ އަހަރު ފެށޭނީ ކޮވިޑް-19 ގެ ކުރިން އޮތް ގޮތަށް ޖެނުއަރީ މަހުގައި ކަމެވެ.

ދިރާސީ އަހަރު ފެށުން ޖެނުއަރީ މަހަށް ބަދަލުކުރުމަކީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.  ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2021 ގައި ގެނެވުނު ބަދަލަކާ ގުޅިގެން ދިރާސީ އަހަރު ފަށަމުން އައީ އޮގަސްޓު މަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: