ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުއްޓިފައި ހުރި ސިއްހީ ނިޒާމުގެ ގިނަ މަޝްރޫއުތައް ހުރި، އެ ޕްރޮޖެކްޓުތައް މިހާރު ކުރިޔަށް ދާނެ: ރައީސް

ރައްޔިތުންނާ އެކު ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ ސިއްހީ ނިޒާމާއި ގުޅުން ހުރި ވަރަށް ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައިކަމަށާއި މި ސަރުކާރުން ވަނީ އެ ޕްރޮޖެކްޓުތައް ކުރިޔަށްދާނެ ގޮތެއް މަގުފަހިކޮށްދީފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ކުރިޔަށް ގެންދާ ޕޮޑްކާސްޓުގައި، ސަރުކާރުގެ އެކި ސިޔާސަތުތަކާއި ގުޅޭގޮތުން ވަނީ މައުލޫމާތުތައް ގެނެސްދީފަ އެވެ. ނިމިދިޔަ ހަފްތާގައި ވެސް ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ބޭސްފަރުވާ ލިބުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ބައެއް ތަފްސީލުތައް ދެއްވާފަ އެވެ.

ރާއްޖޭގެ ބައެއް ރަށްތަކުގެ ސިއްހީ މަރުކަޒުތަކާއި ގުޅުން ހުރި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއްގައި މިފަހުން ސޮއިކޮށްފައި ވާތީ އެކަމުގެ މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ސިއްހީ ދާއިރާއަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށް އަބަދުވެސް ފިޔަވަޅު އަޅުއްވާކަމަށެވެ. އެގޮތުން މިހަފްތާގައި ސޮއި ކުރި ބައެއް އެއްވަސްވުންތަކާއި އެކު ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ބައެއް ރަށްތަކާއި ގުޅުން ހުރި މަސައްކަތްތައް ކުރިޔަށް ދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިވަގުތު ސަރުކާރުން ސަމާލުކަމެއް ދޭ އެއް މަސައްކަތަކީ އެމަނިކުފާނު ރިޔާސީ ބަޔާނުގައި ވެސް ފާހަގަކުރެއްވި ގޮތަށް އެކި ސަބަބުތަކާއި ހުރެ ހުއްޓިފައި ހުރި މަޝްރޫއުތައް ފެށުން ކަމަށެވެ. އަދި އެ ޓާގެޓު ހާސިލު ކުރުމަށްޓަކައި ބައެއް ރަށްތަކުގެ ހެލްތް ސެންޓަރ އާއި ހޮސްޕިޓަލްތައް ތަރައްގީކޮށް އައު އިމާރާތްތައް އެޅުމުގެ އެއްބަސްވުންތަކުގައި ސޮއި ކުރީކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގިނަ ރަށްތަކުގެ ހެލްތް ސެންޓަރ އާއި ހޮސްޕިޓަލްތައް ހެދުމުގެ މަސައްކަތަށް ސޮއި ކުރެވިގެން ދިޔައީ.. މައިގަނޑު ގޮތެއްގައި މިހާރު އިސްކަން މި ދެނީ.. އަޅުގަނޑު ރިޔާސީ ބަޔާނުގައި ދެންނެވިން މިހާރު ހުއްޓިފައި  ހުރި.. މައިގަނޑު ގޮތެއްގައި ހުއްޓިފައި ހުރި ހުރިހާ މަޝްރޫއުތަކެއް މި މަސް ނިމެންވާއިރަށް ފެށުން.. އެ ޓާގެޓު ހާސިލު ކުރުމަށްޓަކައި މީޑިއާއިން ފެނިވަޑައިގަންނަވާނެ ވަރަށް ގިނަ މަޝްރޫއުތަކުގައި މިދިޔަ ހަފްތާގެ ތެރޭގައި ސޮއި ކުރެވިގެން ދިޔަކަން.. އެއީ މައިގަނޑު ގޮތެއްގައި..

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ވަނީ ކުރިން ހުއްޓިފައި ހުރި މަޝްރޫއުތައް ނުހިނގާ ސަބަބުތައް ދެނެގަނެ އެކަން ހައްލުކޮށް ކުރިޔަށް ދާނެ ގޮތް މަގުފަހިކޮށްދީފަ އެވެ. ރައީސް ވަނީ ވަރަށް ގިނަ ރަށެއްގެ ސިއްހީ މަރުކަޒާއި، ހޮސްޕިޓަލްތަކުގެ މަސައްކަތް ހުއްޓިފައި ހުރިކަން ފާހަގަކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: