ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަކީ ސިޔާސީ ޙަރަކާތް ހިންގުމުގައި ކާމިޔާބު ޕާޓީއެއް، ޕާޓީ އޮންނާނީ ގަދަކޮށް: އީސަ

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަކީ ސިޔާސީ ޙަރަކާތް ހިންގުމުގައި ކާމިޔާބު ޕާޓީއެއް ކަމަށާއި، އެމްޑީޕީ އޮންނާނީ ގަދަކޮށްކަމަށް ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

އީސަ އެފަދައިން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އީސަ ވަނީ އެމްޑީޕީގެ އެއްވުންތަކުން ފެންނަ މީހުން މަދުވާ އެކި ސަބަބުތަކަށް އަލިއަޅުވާލައްވާފައެވެ.

އީސަ ވިދާޅުވީ، ޤައުމުގެ އިޤްތިސާދީ ޙާލަތާއި ދިރިއުޅުމުގެ ޙާލަތަކީ އެކަމުގެ އަސަރު ރައްޔިތުންގެ ދިރިއުޅުމަށް އެކި ގޮތްގޮތުން ކުރާނެ ކަންކަން ކަމަށެވެ. އެގޮތުން ވިޔަފާރިއާއި އިޤްތިސާދަށް އަންނަ ބަދަލު ރައްޔިތުންގެ ދިރިއުޅުމުގެ ހުރިހާ ކަމަކުންވެސް ފެނިގެންދާނެކަމަށް އީސަ ވިދާޅުވިއެވެ.

އީސަ ވަނީ ރައްޔިތުންގެ ދިރިއުޅުމުގެ އާންމު ޙާލަތު މިވަގުތު ނުހަނު ނިކަމެތިކަން ފާހަގަ ކުރައްވައި އެކަމުގެ ސަބަބުންވެސް އެއްވުންތަކަށް ދާ މީހުންގެ އަދަދުތައް މަދުވުމަށް އެކަށީގެންވާކަން ފާހަގަ ކުރައްވާފައެވެ.

ބައެއް ކަހަލަ ކަންކަމުގެ ތެރެއަށް ބޭނުންވާ މިންވަރަށް ބައިވެރިވާން ހުރަސްތައް އެބަހުރި

އީސަ ވިދާޅުވީ، އެފަދަ ކަންކަމުގެ އިތުރުން ވަޒީފާގެ ބިރުދެއްކުން ފަދަ އެކި ހުރަސްތަކަކީވެސް އެމްޑީޕީގެ އެއްވުންތަކަށް ދިއުމަށް އާންމު ރައްޔިތުންނަށް ދަތިތައް ކުރިމަތިވާ ކަމެއްކަމަށެވެ. އެއީ ސަރުކާރުން އަޅާ ހުރަސްތަކެއްކަމަށްވެސް އީސަ ވިދާޅުވިއެވެ.

މީގެ އިތުރުން، ދަތިތަކާއެކުވެސް އެމްޑީޕީގެ އެއްވުންތައް މިހާތަނަށް ކުރިއަށް ދިޔައީ ނުހަނު ކާމިޔާބުކޮށްކަމަށްވެސް އީސަ ވިދާޅުވިއެވެ. އެކަން އެމްޑީޕީން މިފަހުން ކުރިއަށް ގެންދިޔަ އެކިއެކި ޙަރަކާތްތަކުންވެސް ފެނިގެން ގޮސްފައިވާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު، އެމްޑީޕީއަކީ ސިޔާސީ ޙަރަކާތް ހިންގުމުގައި ކާމިޔާބު ބައެއްކަމަށްވެސް އީސަ ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައިވެސް އެމްޑީޕީހެ ޙަރަކާތްތައް ދުވަހެއް ދުވަހަކަށް ވަރުގަދަވަމުންދާނެކަމަށްވެސް އީސަ ވަނީ ވިދާޅުވެފައެވެ.

އީސަ ވަނީ އެމްޑީޕީގެ ލީޑަރޝިޕަށްވެސް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ފައްޔާޒް އިސްމާއިލްގެ ޗެއަރޕަރސަން ކަމުގެ ދަށުން ޕާޓީން އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ފުރިހަމަ ޙަރަކާތްތަކެއް ހިންގަމުންދާކަމަށް އީސަ ވިދާޅުވިއެވެ. ހަގީގަތުގައި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީން ކުރަމުންދަނީ ހަރުދަނާ މަސައްކަތްތަކެއްކަމަށްވެސް އީސަ ވިދާޅުވިއެވެ.

އެމްޑީޕީ އޮތީ ގަދަކޮށް، ކިތަންމެ އަވަހަށް އިންތިޚާބެއް ބޭއްވިޔަސް ވެރިކަމުގައި ހުންނަވާނީ އެމްޑީޕީގެ ކެންޑިޑޭޓު

އީސަ ވިދާޅުވީ، މިހާރުގެ ވެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްތޯ ބެލުމަށް މިވަގުތު ފެންނަ ނުފެންނަ ވޯޓެއް ނެގި ނަމަވެސް ރައީސް ޑރ މުޙައްމަދު މުއިއްޒު ފެއިލްވާނެ ކަމަށެވެ.

އީސަ ވަނީ މި ސަރުކާރު ހިނގަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅު ކުރައްވައި އެކަންކަމާމެދު ވިސްނުމަށް ރައްޔިތުންގެ ކިބައިން އިލްތިމާސް ކުރައްވާފައެވެ. މިއީ ރައްޔިތުން ގޮތްތަކެއް ނިންމަން ޖެހިފައިވާ ދަނޑިވަޅެއްކަމަށްވެސް އީސަ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: