ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅާ ޖެނެރޭޝަނަލް ބޭން: ހުށައެޅުއްވުންތައް ރައީސް ހިއްސާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭންގައި ހިމެނޭ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ހުށައެޅުއްވުންތައް ހިއްސާކުރައްވައިފިއެވެ. މިކަމާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައިވަނީ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައެވެ.

ރައީސް މުޢިއްޒު ހާމަކުރެއްވި ގޮތުގައި، މިކަމާ ގުޅޭ ކެބިނެޓް ކަރުދާހެއް ތައްޔާރުކުރެއްވުމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމްއާ ޙަވާލުކުރައްވާފައިވެއެވެ. އަދި މި ކަރުދާސް ތައްޔާރުކުރެއްވުމުގައި ޑޮކްޓަރުންނާއި އެހެނިހެން ކަމާގުޅޭ ފަރާތްތަކުގެ މަޝްވަރާ ހޯއްދެވުމަށް އިރުޝާދު ދެއްވާފައިވާކަމަށް ވިދާޅުވިއެވެ.

ޖެނެރޭޝަނަލް ބޭން އެކަށައެޅުމުގައި ރައީސް ހުށައަޅުއްވާފައިވަނީ ތިން އޮޕްޝަނެކެވެ. އެގޮތުން 2007 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުން ނުވަތަ 2004 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ ކުދިންނަށް މަނާކުރުން ނުވަތަ 2000 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ ކުދިންނަށް މަނާކުރުމެވެ.

މި ތިން އޮޕްޝަން ހުށައެޅުއްވުމުގެ ފަހަތުގައިވާ ސަބަބު ބަޔާންކުރައްވަމުން ރައީސް ވިދާޅުވީ، 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުން ދުންފަތުގެ އިސްތިޢުމާލުކުރާތާ ގިނަ ދުވަސްތަކެއް ނުވަނީސް، އެ ނުރައްކާތެރި ވަބާއިން ސަލާމަތްކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މި ހުށައެޅުއްވުންތަކާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސް ވަނީ މަގުފަހިކޮށްދެއްވާފައެވެ. އަދި މިކަމާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: