ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ތިބެގެން ޞިއްޙީ ފަރުވާގެ ލިބޭނެ ގޮތް ހެދުމަށް ކުރެވޭ މަސައްކަތްތައް ރައީސް ހިއްސާކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބޭރަށް ނުގޮސް، ރާއްޖޭގައި ތިބެގެން ޞިއްޙީ ފަރުވާގެ ޚިދުމަތް ކަށަވަރު ކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިއްސާކުރައްވައިފިއެވެ.

”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގައި ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ދިރިއުޅޭތީ، މި ސަރަހައްދަށް ޚާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށެވެ. ނަމަވެސް މިއީ ވަކި ރަށެއް ތަފާތުކުރުމެއް ނޫން ކަމަށާއި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ޤާއިމްކޮށް ތަރައްޤީކުރެވޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

އައި.ޖީ.އެމް.އެޗްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ޖާގައިގެ ދަތިކަން ހައްލުކުރުމަށް 75 އެނދުގެ މަޝްރޫޢެއް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި 44 ޖެނެރަލް ވޯޑު އެނދާއި، 15 އެޗް.ޑީ.ޔޫ އެނދާއި، 14 ޕްރައިވެޓް ޔުނިޓް ހިމެނެއެވެ.

ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރެވި، އިތުރަށް ތަރައްޤީކުރެވެމުންދާ ކަމަށާއި، ވިލިމާލޭގައި ޗައިނާގެ ހިލޭ އެހީގެ ދަށުން 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ކެންސަރ ހޮސްޕިޓަލާއި، ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި އަދި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ހޮސްޕިޓަލެއްގެ މަސައްކަތް މި ދައުރުގައި ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދަންޖެހޭ ހާލަތްތައް މެދުވެރިވާއިރު، ކުރިމަގުގައި ރާއްޖޭގައި ތިބެގެން ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެހިފައި އޮންނަންޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: