ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިވަޕޫލާއިއެކު ހިންގާ ކެމްޕެއިން ހަރަކާތަށް ރައީސް މައުމޫންގެ ތައުރީފް!

ލިވަޕޫލުގެ މަޝްހޫރު ފޯވާޑް މުހައްމަދު ސަލާހް ސޮއިކޮށް ރައީސް މައުމޫނަށް ހަދިިޔާ ކުރި ޖާޒީ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސިވިލާތުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ޝުކުރު އަދާކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ލިވަޕޫލް އެފްސީއާ ގުޅިގެން ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައިވާއިރު ރައީސް މައުމޫންވަނީ ސޯޝަލްމީޑިއާގައި މެސެޖެއް އާންމުކުރައްވައި ސަރުކާރުގެ މަސައްކަތްތަކަށް ތައުރީފް ކުރައްވާފައެވެ.

ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނަކީ 1970 ގެ އަހަރުތަކުން ފެށިގެންވެސް ލިވަޕޫލްގެ ވަރަށް ބޮޑު ސަޕޯޓަރެއްކަމަށެވެ. އެހެންކމަުން ރައީސް މުއިއްޒު އެ ޓީމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި މަަސއްކަތްތަކެއް ފެއްޓެވުމަށް ކަނޑައެޅިފައިވުމުން އެކަމާއި އުފާކުރައްވާކަމަށެވެ. އަދި އެންފީލްޑް ދަނޑުގައި ކެމްޕެއިން ފެއްޓެވުމަށް އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: