ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރާމާރީ ހިންގީ ވީއައިއޭ ޓާމިނަލް މަސައްކަތް ކުރާ ބިދޭސިންގެ މެދުގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ވެލަނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) ގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރިއެއް ހިންގައިފިއެވެ.

މި މާރަމާރީ ހިންގައިފައިވަނީ ވެލާނާ އިންޓަނޭޝަން އެއާޕޯޓުގައި އަލަށް ހަދަމުން އަންނަ ޓާމިނަލްގެ މަސައްކަތްތެރީންގެ މެދުގައި ޖެހުނު މައްސަލައަކާއި ގުޅިގެން ކަމަށް މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާ ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 4:49 ހާއިރުކަމަށް ފުލުހުން ބުނިއެވެ.

ފުލުހުން އިތުރަށް މި ހާދިސާއާއި ގުޅިގެން ބުނެފައިވަނީ، މާރާމާރީގައި 3 ބިދޭސީއަކަށް ވަނީ އަނިޔާވެފައިވާ ކަމަށެވެ. އެގޮތުން، އަނިޔާވި ބިދޭސީންގެ ތެރޭގައި މިސްރުގެ 2 މީހަކާއި، ބަންގްލަދޭޝައަށް ނިސްބަތްވާ 1 މީހަކު ހިމެނެ އެވެ.

އަނިޔާވި ބިދޭސީންނަށް މިވަގުތު ފަރުވާ ދެމުން ދަނީ ހުޅުމާލެ ހޮސްޕިޓަލުންނާއި ޓްރީޓޮޕް ހޮސްޕިޓަލުގަ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: