ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސާރަ ހައްގު ނޫންކަމަށް ރައްޔިތުން ދެކޭނަމަ ކުޑަކުރަންޖެހޭ: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ މެމްބަރުންނަށް ލިބޭ މުސާރައިގެ އަދަދު ހައްގު ނޫންކަމަށް ރައްޔިތުން ދެކޭނަމަ މުސާރަ ކުޑަކުރަންޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައާއި ގުޅޭގޮތުން ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މައުރޫފް ވިދާޅުވީ، މަޖިލީހުގެ މެމްބަރުންނަށް މިހާރު ލިބޭ މުސާރައަކީ ހައްގު ނޫން އަަދަދެއްކަމަށް ގަބޫލުކުރެވޭނަމަ އެ އަދަދު ކުޑަކުރުންޖެހޭކަމަށެވެ.

މެމްބަރު ވިދާޅުވީ، އާންމު ހަމައަކުން ވިސްނާނަމަ އެއްވެސް މީހަކަށް ލިބޭ މުސާރައެއް ބޮޑުވެގެން އެމީހަކު އަމިއްލައަށް ކުޑަކުރުމަށް މަސައްކަތްތަކެއް ނުކުރާނެކަން ގަބޫލުކުރަންޖެހޭކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަންދޫބުންތަކެއްގެ ގޮތުގައި އެވަގުތެއްގައި ރާއްޖޭގައި އިގްތިސާދު އޮތް ހާލަތަށާއި އާމްދަނީގެ އިތުރުން ދިރިއުޅުމުގެ ހަރަދު ފަދަ ކަންކަމަށް ރިއާޔަތްކޮށް މުސާރަތަކަށް ބަދަލު ގެނައުމަކީ ކުރަންޖެހޭ ކަމެއްގެ ގޮތުގޢި ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ، މިނިމަމް ވޭޖް ތައާރަފްގެ ލިވިންގް ވޭޖާއި ދިމާލަށް ދުނިޔެ ދަތުރު ކުރަމުންދާއިރު މަސައްކަތްކުރާ މީހުންގެ އުޖޫރަ ކަނޑައެޅުމުގައި އިގްތިސާދީ ހާލަތަށާއި ދިރިއުޅުމުގެ ފެންވަރަށް ވަރަށް ބޮޑަށް ބަލާކަމަށެވެ.

އެގޮތުން މައުރޫފް ވިދާޅުވީ ދިރިއުޅުމުގެ ފެންވަރުގެ ގޮތުގައި ބަލަނީ އާންމު ދިރިއުޅުމުގެ ކުރަންޖެހޭ ހަރަދުތަކަށްކަމަށާއި އެކި ސަރަހައްދުތަކުގައި ހަރަދުތައް ތަފާތުވެގެންދާކަމަށެވެ.

މެމްބަރު ވިދާޅުވީ، އެ ގައުމެއްގެ ފުދުންތެރިކަމާއި ދިރިއުޅުމުގެ ފެންވަރަށް ބަލައިގެން ހަރަދުތައް މިނެކިރާކަމަށެވެ. އަދި އެއަށްފަހު އެ ގައުމެއްގެ އިގްތިސާދުގައި އެވަރުގެ ގާބިލުކަމެއް ހުރިކަމަށްވާނަމަ އެ މިންވަރަކަށް ބަލައިގެން ވަކި ފޯމިއުލާތަކެއް ބޭނުންކޮށްގެން އުޖޫރަތައް ކަނޑައެޅުމުގެ މަސައްކަތްތައް ކުރާކަމަށެވެ.

މައުރޫފް ވިދާޅުވީ، އެކަން އޮންނަންޖެހޭނީ އެންމެ ދަށް ފަންތިން ފެށިގެން އެންމެ މަތީ ފަންތިއާއި ޖެހެންދެންވެސް އިސްވެ ދެންނެވި އުސޫލުންކަމަށް ދެކިވަޑައިގަންނަވާކަމަށާއި މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކަމަށް ބުނެ ރައްޔިތުން ޝަކުވާ ކުރާ މަންޒަރު ވަރަށް ގިނައިން ފެނިގެންދާކަމަށެވެ.

މެމްބަރު ވިދާޅުވީ، މިވަގުތު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ލިބެނީ 82500 ރުފިޔާކަމަށެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދީ ހާލަތާއި އެ އަދަދާއި ނުބައްދަލުކަމަށްވާނަމަ އެ އަދަދު ކުޑަކުރުމަށް ގޮވާލައްވާކަމަށެވެ. އަދި އޭގެ އިތުރުން ރައީސްއާއި ވަޒީރުންގެ އިތުރުން ސިޔާސީ މަގާމުތައްވެސް ހިމެނޭހެން އެފަދަ މަތީ މަގާމުތަކުގެ މުސާރައިގެ އަދަދު ކުޑަކުރުމަކީ އެ މަގުން ކަންކަން ކުރިއަށް ގެންދާނަމަ ރަނގަޅުކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: