ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯޓިޒަމް އާއި ގުޅޭ ޚާއްޞަ ޕެނަލް ޑިސްކަޝަން އެއް ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އޯޓިޒަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ ފެނަލް ޑިސްކަޝަން އެއް ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން އިންތިޒާމްކޮށްގެން ގެނެސްދިން މި ޕެނަލްގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ޑރ. އަހްމަދު އަޝްރަފު، ހުޅުމާލޭ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ސައިކިއޭޓްރީ، މެންޓަލް ހެލްތު ސެންޓަރ ޑރ. މައުމޫން ޝަރީފް، އިންދިރާގަންދީ މެމޯރިއަލް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް އިން ސަބްސްޕެޝަލިސްޓް އިން ޑިވެލޮޕްމަންޓް ޕީޑިއާޓްރިކްސް ޑރ. އައިމިނަތު ފަޒުނާ އަދި ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ ޑިރެކްޓަރ އައިމިނަތު ޝަހްޒާއެވެ.

ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސް ޑރ. އަޙްމަދު ޢަޝްރަފް ވަނީ ރާއްޖޭގައި އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންވާ ވަޞީލަތްތައް ނެތްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޑރ. އަޝްރަފް ފާހަގަކުރެއްވީ މިކަމަށް ޚާއްސަ އެއްވެސް ދިވެއްސަކު އަތޮޅުތަކުގެ ރަށްތަށުގައި ނެތުމެވެ.

ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 2 ވަނަ ދުވަސް އަކީ ކޮންމެ އަހަރަކުވެސް ދުނިޔޭގެ އޯޓިޒަމްއަށް ހޭލުންތެރިކަމުގެ ދުވަސް ފާހަގަކުރާ ދުވަހެވެ.

މިނިސްޓްރީ އޮފް ހެލްތުއިން މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، އަވަހަށް ފަރުވާ ފެށުމުގެ މުހިންމުކަން ފާހަގަކޮށް، އޯޓިޒަމް ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ޚިދުމަތް ދިނުމުގައި އާއި އެހީތެރިވެދޭ ނިޒާމުތައް ހަރުދަނާކުރުމެވެ.

މިދުވަހާއި ގުޅޭގޮތުން މިއަހަރަށް، ޔުނައިޓަޑް ނޭޝަންސް (އދ.)އިން ކަނޑައަޅުއްވާފައިވާ ތީމްއަކީ ”ނިއުރޯޑައިވަރސިޓީ އާއި އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ކުރިއެރުވުން“ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: