ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދާ އުފުލާ ބޯޓުގައި ވަނީ އެއްކޮށް ރޯވެފައި، ޒުވާނަކު ގެއްލިގެން ހޯދަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއަށް ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ ”ހޮޅުދޫ ބޯޓުގައި“ ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި، ބޯޓުން ދަތުރުކުރި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ތ. އަތޮޅާއި މާލެ ދެމެދު ދަތުރު ކުރާ ބޯޓުގައި ރޯވެ އަލިފާނުގެ ހާދިސާ ހިނގީ މިރޭގެ ވަގުތެއްގަ އެވެ.

އެމްއެންޑީއެފުން އާންމު ކުރި ވީޑިއޯއިން ފެންނަ ގޮތުގައި މުޅި  އެ ބޯޓުގަައި ވެސް ރޯވެ ދިޔައީ އަނދަމުންނެވެ. އަދި ބޯޓިގައި އެއްކޮށް ހުޅުހިފައި ވަނީ އަނދާ ހުލިވެފަ އެވެ.

މިރޭ ހިނގި މި ނުރައްކާތެރި ހާދިސާގެ މާ ތަފްސީލީ މައުލޫމާތެެއް ނުލިބުނު ނަމަވެސް އެ ބޯޓުން ދަތުރު ކުރީ 17 މީހުންކަމަށް ވެއެވެ. އަދި އެތުން އެކަކު ގެއްލިގެން ހޯދަމުންދާއިރު އެއީ އުމުރުން 25 އާހަރުގެ ލ. މާވަށަށް ނިސްބަތްވާ އަލީ މުޝްރިގް އެވެ.

ކޯސްޓްގާޑާއި އާއްމުން ގުޅިގެން ދަނީ އޭނާ ހޯދުމުގެ މަސައްކަތް  ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: