ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޕްލެޓްފޯރމް ޓީމޫ ރާއްޖެއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޕްލެޓްފޯރމް ކަމުގައިވާ ޓީމޫ ދިވެހިރާއްޖޭގައި އެ ޕްލެޓްފޯރމްގެ ޚިދުމަތްތައް ދޭން ފަށައިފިއެވެ.

އެމެރިކާ އާ ޔޫރަޕްގައި ނަން މަޝްހޫރު ޓީމޫ ގެ މާކެޓްޕްލޭސް، މި ސަރަޙައްދުގެ ގައުމުތަކަށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއީ، ފާހަގަކޮށްލެވޭ ފުޅާކުރުމެކެވެ. ގިނަ އަދަދެއްގެ އުފެއްދުންތަކެއް ވާދަވެރި އަގުތަކެއްގައި އޮމާންކަމާއެކު އޮންލައިންކޮށް ޝޮޕިންގ ކުރުން ތަޖުރިބާކޮށްލުމަށް މަޝްހޫރު މި ޕްލެޓްފޯމް، މިހާރު މިވަނީ ދިވެހި ކަސްޓަމަރުންނާ ހަމައަށް ފޯރާފައެވެ.

ޓީމޫއިން  ގިނަ ބާވަތްތަކެއްގެ ރަނގަޅު ކޮލިޓީގެ އުފެއްދުންތައް ވާދަވެރި އަދި ހެޔޮ އަގުތަކެއްގައި ލިބެންހުރެއެވެ. މީގެ ތެރޭގައި އިލެކްޓްރޯނިކްސް، ފެޝަން، ގޭގައި ގެންގުޅޭ ސާމާނު، ޒީނަތްތެރިވުމަށް ބޭނުންކުރާ ތަފާތު އުފެއްދުންތަކާއެކު އިތުރު ގިނަ ބާވަތްތަކުގެ މުދާ މި ޕްލެޓްފޯރމުގައި ހިމެނެއެވެ. ޓީމޫގެ ޔޫސަރ-ފްރައިންޑްލީ އެޕް މެދުވެރިކޮށް އޯޑަރުކޮށް ފައިސާ ދެއްކުމާއި، މެދުވެރިއެއްނެތި ޝޮޕިންގ ކުރުމަށް ހުޅުވާލެވިފައިވާ މިފަހި ފުރުސަތުގެ ތެރެއިން އޯޑަރުކުރާ ތަކެތި، ސީދާ ކަސްޓަމަރުންނާ ހަމައަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި އިތުބާރާ ޔަގީންކަމާއެކު ފޯރުކޮށްދިނުމަކީ، ޓިމޫގެ މި ޚިދުމަތުގެ އެންމެ ޚާއްޞަ ސިފައެވެ.

ޓިމޫ އިން އޯޑަރ ކުރާ ތަކެއްޗަށް ޕްރޯ-ޝިޕިިންގ ލިބޭ ގޮތަށް ހަމަޖެހިފައިވާއިރު، ޝިޕިންގ ޚަރަދު ކުޑަކުރުމުގެ ގޮތުން އެއް އޯޑަރަކަށް ބައިވަރު ތަކެތި ގަތުމުގެ ބޭނުމެއް މިހާރަކު ނެތެވެ. އޭގެ ބަދަލުގައި ހަމަޖެހިލައިގެން ބޭނުން އިރަކު ޝޮޕިންގ ކުރުމުގެ ފުރްޞަތު ޓީމޫ އިން މިވަނީ ފަހިކޮށްދީފައެވެ.

ޓީމޫގެ ޚިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކަށް ހަލުވިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ޓީމޫ އިން ވަނީ މޯލްޑިވްސް ޕޯސްޓު ލިމިޓެޑާ ގުޅިގެން، ޕޯސްޓުގެ ނޭޝަންވައިޑް ޑެލިވަރީ ނެޓްވޯކް ޓިމޫގެ ޚިދުމަތަށް ބޭނުންކުރަން ފަށާފައެވެ. ޓީމޫއާ މޯލްޑިވްސް ޕޯސްޓް ގެ މި ސްޓްރެޓެޖިކް ގުޅުމުގެ ދަށުން،  ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޓިމޫގެ ކަސްޓަމަރުންނަށް އެފަރާތްތަކުގެ އޯޑަރުތައް ޕިކްޕޯސްޓާއި، ހޯމްޑެލިވަރީ އަދި ކައުންޓަރ ޑެލިވަރީ މެދުވެރިކޮށް އިތުބާރުހުރި ގޮތެއްގައި އަވަހަށް ލިބޭނެގޮތް ފަހިކޮށްދޭނެއެވެ.

ދިވެހިރާއްޖޭގައި ޓީމޫގެ އޮންލައިން މާކެޓްޕްލޭސް އެއް ގާއިމްވެގެން ދިއުމަކީ، އީ-ކޮމާސްގެ ދާއިރާ ފުޅާ ކުރުމަށް މޯލްޑިވްސް ޕޯސްޓުން ކުރާ މަސައްކަތުގެ ބައެއްކަމަށާއި، ޗައިނާ އާ ތައިލެންޑް އަދި އިންޑިއާ ފަދަ ގައުމުތަކުގެ އޮންލައިން ޕްލެޓްފޯރމްތަކާ ގުޅިގެން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޯސްޓުން މަޢުލޫމާތު ދެއެވެ.

ވެބްސައިޓް

: https://www.temu.com/

އެންޑްރޮއިޑް އެޕްލިކޭޝަން: https://play.google.com/store/apps/details?id=com.einnovation.temu&hl=en_US&gl=US&pli=1

އެޕަލް އެޕްލިކޭޝަން:
https://apps.apple.com/us/app/temu-shop-like-a-billionaire/id1641486558

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: