ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގައި މީހަކު ބަންދުކޮށްފި

ކްރިމިނަލް ކޯޓު އިމާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި 32 އަހަރުގެ ދިވެހި ފިރިހެނެއް 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިޔަފާރި ކުރުމުގެ ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މި މީހާގެ ބަންދުގެ މުއްދަތު ހަމަވާނީ 2025 މެއި 2 ވަނަ ދުވަހުއެވެ. އިސްގާޒީ އާދަމް މުޙައްމަދު މި އަމުރު ނެރުއްވާފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތްކޮށެވެ.

މި މައްސަލައިގައި ފުލުހުން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުން ދައްކާގޮތުގައި، މި މީހާ ހިފެހެއްޓުމަށްފަހު ބަލައިފާސްކުރިއިރު އޭނާގެ ޖީބުން މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި އޭނާގެ އަތުން ފެނުނު ތަޅުދަނޑިން ދެ ގެއެއް ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތިވެސް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ހުށަހެޅި ލިޔެކިޔުންތަކުގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓާއި، ޙާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ބަޔާނާއި، މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓާއި، ކުޑަކަމުދާ ތަކެތީގެ ތަހުލީލު ރިޕޯޓުގެ އިތުރުން، ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓާއި، ފިންގަރޕްރިންޓް އައިޑެންޓިފިކޭޝަން ރިޕޯޓާއި، ފިޒިކަލް އެގްޒެމިނޭޝަން ރިޕޯޓު ހިމެނެއެވެ. މި ލިޔެކިޔުންތަކުން ދައްކާގޮތުގައި އޭނާގެ ކުޑަކަމުދާ ތަކެތި ކެނެބިސްއަށް ޕޮޒިޓިވްވެފައިވެއެވެ.

މި މައްސަލައިގައި އޭނާގެ ވަކީލު ކޯޓުގައި ބުނެފައިވަނީ އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށާއި، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ މަޤްސަދުތަކަށް ރިއާޔަތްކޮށް، އޭނާއަށް ފަރުވާ ދިނުމަށް މަގުފަހިވާނެ ގޮތަށް ޤާނޫނު މާނަކުރަންޖެހޭނެ ކަމަށެވެ. އަދި އޭނާގެ ކުރީގެ ހައްޔަރު ރެކޯޑަކީ 5 އަހަރު ކުރީގެ ރެކޯޑެއް ކަމަށާއި، އެ މައްސަލަ ސާބިތުނުވާކަމަށް ހައިކޯޓުން ޙުކުމްކޮށްފައިވާތީ އެ ރެކޯޑު އޭނާއާ ދެކޮޅަށް ބޭނުން ނުކުރެވޭނެކަމަށްވެސް ވަކީލު ފާހަގަކުރިއެވެ.

ނަމަވެސް މައްސަލައިގައި ހުށަހެޅިފައިވާ ހުރިހާ ލިޔެކިޔުންތަކަށް ރިއާޔަތްކުރުމަށްފަހު ކޯޓުން ނިންމާފައިވަނީ އޭނާ ބަންދުކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: