ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމުން އެކަނި ހައްލު ނުލިބޭނެ: ހިލްމީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިފައިވާ ގޮތް ބަދަލުކުރުމުން އެކަނި ބޭނުންވާ ހައްލު ނުލިބޭނެ ކަމަށާއި، އެ ބަދަލު ފެންނާނީ ކޮމިޝަނުގެ މެމްބަރުންގެ ވިސްނުން ބަދަލުވެގެން ކަމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ހާތިފް ހިލްމީ ވިދާޅުވެއްޖެއެވެ.

ހިލްމީ ވިދާޅުވީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބަންދުކުރެވެން އޮތީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށްގެން ކަމަށް ބުނާ އަޑު އިވޭ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”މީހަކު މުސްތަޤިއްލުވެ، އިންސާފުވެރި ވާނީ، އެ މީހަކު ޢައްޔަނުކުރާ ޙައިޘިއްޔަތުން ނުވަތަ އިޖުރާއާތުގެ ސަބަބުންތޯ ނުވަތަ އެ މީހާގެ ކިބައިގައި ހުންނަ ސިފައެއްގެ ސަބަބުންތޯ؟“ ހިލްމީ ސުވާލު އުފެއްދެވިއެވެ.

ހިލްމީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ފިކުރުތަކެއް ހިމެނޭ މަޖިލީހެއް ކަމަށާއި، އެ މަޖިލީހުން ނިންމާ ގިނަ ނިންމުންތަކުގެ ފަހަތުގައި ސިޔާސީ ވިސްނުންތަކެއް ހުންނާނެ ކަމަށެވެ. އެހެންކަމުން ޖޭއެސްސީގެ މެންބަރުން ހޮވާ ގޮތް ބަދަލުކުރިޔަސް، އޭގެ ނަތީޖާ ތަފާތުވާނެ ކަމަކަށް އޭނާ ޤަބޫލެއް ނުކުރައްވައެވެ.

”ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އެ ކޮމިޝަނުގައި ހިމެނޭނީ ހަމައެކަނި ފަނޑިޔާރުންކަމަށް ލިޔެފިނަމަ، މާޒީއަށް ބަލާއިރުގައި، ޖަވާބުދާރީކުރެނިވި، އިންސާފުވެރި ފަނޑިޔާރުގެއެއް އުފެދިގެންދާނެކަމަށް ޤަބޫލުކުރެވޭތޯ؟“ ހިލްމީ ސުވާލު ކުރެއްވިއެވެ

ހިލްމީ ވިދާޅުވީ ބަދަލު އަންނަންވީ ޖޭއެސްސީއަށް މެންބަރުން ޢައްޔަނުކުރާ، އިންތިޚާބުކުރާ، ހަމަޖައްސާ މީހުންގެ އަދި އެ ކޮމިޝަނުގެ މެންބަރުންގެ ވިސްނުމަށް ކަމަށެވެ. އަދި އަމިއްލަ މަޞްލަޙަތަށް ވުރެ، މިނިވަން ޝަރުޢީދާއިރާއެއް އޮތުމުގެ މުހިންމުކަން އިސްވާ ދުވަހަކުން އެ ބަދަލު އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: