ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންކަމް ޓެކްސް އެސިސްޓެންސް 2025 ފެށުމަށް މީރާއިން ތައްޔާރު!

ޝެއާރކޮށްލާ ކަހަލަދޯ؟

އިންކަމް ޓެކްސް އެސިސްޓެންސް ޕްރޮގްރާމް 2025 އޭޕްރިލް 6 އިން ޖޫން 15 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ( މީރާ) އިން ހާމަކޮށްފިއެވެ.

މި ޕްރޮގްރާމަކީ 2024 ވަނަ އަހަރުގެ ޓެކްސް ރިޓާން ހުށަހަޅަންޖެހޭ، އަދި ޖުމްލަ 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ ދަށުން އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކުރެވިގެންދާ ޕްރޮގްރާމެކެވެ. ޚާއްޞަކޮށް ”ކޭޝް ބޭސިސް“ އިން މާލީ ބަޔާން ތައްޔާރުކުރަން ނިންމާފައިވާ ފަރާތްތަކަށް މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މީރާއިން އިތުރަށް ހާމަކުރި ގޮތުގައި، އިންކަމް ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ގުޅޭނެ އެކި ގޮތްތައް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ވައިބަރ ނަންބަރު 9821415 އަށް މެސެޖްކުރުމާއި، engagement@mira.gov.mv އަށް އީމެއިލްކުރުން، އަދި ހޮޓްލައިން 1415 އަށް ގުޅުމުގެ އިތުރުން މީރާގެ ވެބްސައިޓްގެ ”ލައިފް ސްޓައިލް ފަންކްޝަންސް“ މެދުވެރިކޮށްވެސް އެހީތެރިކަން ހޯދިދާނެއެވެ.

އިންކަމް ޓެކްސް ރޭޓްތައް

އިންކަމް ޓެކުހު ގާނޫނުގެ ދަށުން އާމްދަނީގެ މިންވަރަށް ބަލައި ޓެކްސް ދައްކަންޖެހޭ އިންސައްތަ ތަފާތުވެއެވެ. މިގޮތުން، އަހަރަކު 720,000 ރުފިޔާއަށްވުރެ ދަށުން އާމްދަނީ ލިބޭ ފަރާތްތަކުން ޓެކްސް ދައްކާކަށް ނުޖެހޭއިރު، 2.4 މިލިއަން ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން 15 އިންސައްތަ ޓެކްސްގެ ގޮތުގައި ދައްކަންޖެހެއެވެ.

މީރާއިން ވަނީ ޓެކްސް ދައްކާ ފަރާތްތަކަށް އިންކަމް ޓެކްސް ރިޓާން ހުށަހެޅުމުގެ ޝަރުތު ހަމަވޭތޯ ބެލުމަށް ޚާއްޞަ ލިންކެއްވެސް ފޯރުކޮށްދީފައެވެ. އިންކަމް ޓެކްސް ގާނޫނުގެ ދަށުން ވިޔަފާރި އާމްދަނީ އަދި އުޖޫރައިގެ ގޮތުގައި ލިބޭ އާމްދަނީއަށް ޓެކްސް ދެއްކުން ލާޒިމްކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: