ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާފު ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރުމަކީ މެމްބަރުންގެ ޒިންމާއެއް: މަޖިލީހުގެ ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަންދޫބެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކޮށް، އިންސާފު ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރުމަކީ މަޖިލީސް މެމްބަރުންގެ ޒިންމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އައިޕީޔޫގެ 150 ވަނަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލިސް މެމްބަރުންގެ މަގާމުގައި ތިބެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި ހަމަހަމަކަމާއި އިންސާފު ކަށަވަރުކޮށްދިނުމަކީ ހަމައެކަނި ތަސައްވުރަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި މަޖިލިސް މެމްބަރުން ގެންގުޅޭ ސިޔާސަތުތަކާއި ނިންމާ ނިންމުންތަކުން ހެޔޮ ކުރިއެރުން ފެންނަންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، އިޖުތިމާއީ ތަރައްގީއަކީ ދިވެހިރާއްޖޭގައި އަބަދުވެސް އިސްކަންދޭ ކަމެކެވެ. އަދި ”އެންމެނަށް ކުރިއެރުން ގެނައުމުގައި ދިވެހިރާއްޖޭގެ މަޖިލީހުން މުހިންމު ދައުރެއް އަދާކުރޭ“ކަމަށް ވިދާޅުވިއެވެ.

މަޖިލީހުން ވޭތުވެދިޔަ އަހަރުތަކުގައި ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ގާނޫނާއި، ޖިންސީ ހަމަހަމަކަމުގެ ގާނޫނު، ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގާނޫނު ފަދަ މުހިންމު ގާނޫނުތައް ފާސްކުރެވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، މި ގާނޫނުތަކަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ ސިޔާސަތުތަކެއް ނޫން ކަމަށާއި، އެއީ ހަމަހަމަ އަދި އިންސާފުވެރި މުޖުތަމައެއް އުފެއްދުމަށް އެޅޭ ހަގީގީ ފިޔަވަޅުތަކެއް ކަމަށެވެ. އަދި މި ގާނޫނުތައް ތަންފީޒުކުރެވޭތޯ ބެލުމަށް މަޖިލީހުގެ ކޮމިޓީތަކުން މަސައްކަތްކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން، މުޖުތަމައުގައި ފަގީރުކަމާ ދެކޮޅަށް މަސައްކަތްކުރުމާއި، މީހުންގެ މެދުގައި ހުރި ތަފާތުތައް ކުޑަކުރުމަކީ މަޖިލީހުގެ މަސައްކަތުގެ މައިގަނޑު އަމާޒަކަށް ވާންޖެހޭ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ އިތުރަށް ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: