ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ ޚަލީލް، މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އެންޑް ޓޫރިޒަމްއާ ބައްދަލުކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް، ޑރ. އިއަން ބޯގްއާ ބައްދަލުކުރައްވައިފިއެވެ.

މޯލްޓާގެ ބޮޑުވަޒީރުގެ ނައިބުގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި މޯލްޓާ އަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ދެޤައުމުކަމަށާއި މި ދަތުރުފުޅަކީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ދެ ވަޒީރުން ފާހަގަކުރެއްވިއެވެ.

ކުދި ޖަޒީރާ ޤައުމުތަކުގެ ހައިސިއްޔަތުން، ރާއްޖެއާ މޯލްޓާއާ ޚާއްޞަކޮށް އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމުގައި، ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށާއި، ވިޔަފާރީގެ އާ ފުރުޞަތުތައް އިތުރުކުރުމަށާއި، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތް ކުރެއްވުމަށް ވަޒީރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މީގެ އިތުރުން، ފަތުރުވެރިކަމާއި، މަތީ ތަޢުލީމު ދާއިރާއާއި ގުޅުން ވަރުގަދަކޮށް، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެވަޒީރުންވެސް އަލިއަޅުއްވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: